Last Updated: April 21, 06:17
Monday, April 21, 2025
ޚަބަރު

ފުލުހުންގެ ވަޒީފާ އަށް ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލއިފަ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ މީހުންނަކީ އޯ ލެވެލް ހަދާފައިވާ އުމުރުން 18-25 އަހަރާ ދެމެދުގެ މީހުންނަށް ވާން ޖެހޭނެ ކަމަށެވެ.

ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުންނަން ޖެހޭ އިރު އަންހެނެއް ނަމަ 5 ފޫޓަށް ވުރެ ކުރު ނޫން މީހަކަށް ވާން ޖެހޭނެ އެވެ.

ފުލުހުން އަދި ބުނީ ވަޒީފާއަށް މީހުން ހޮވުމުގައި އޭ ލެވެލް ފުރިހަމަކޮށްފައިވާ މީހުންނަށާއި ފުލުހުންގެ މުއައްސަސާ އަށް ބޭނުންތެރި ދާއިރާއަކުން ކޯސް ފުރިހަމަކޮށްފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށެވެ.

ފުލުހުންގެ ވަޒީފާ އަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.