1. ފެހި ކުލަ
ބޮޑުކަމުދާތަކެތީގައި ފެހި ކުލަ ހުންނަނީ ފެހި ތަރުކާރީ އާއި ފަތުގެ ބާވާތްތައް ކެއުމުގެ ސަބަބުންނެވެ. ސްޕިނެޗް، ލެޓިއުސް އަދި އަދި ފެހި ކުލަ އަޅާފައިވާ އެއްޗެއްހި އާއި އަޔަން ހުންނަ އެއްޗެހި ކެއުމުންވެސް ބޮޑުކަމުދާތަކެތި ފެހި ކުލައިގައި ހުރެއެވެ. މިއީ އެއްގޮތަކަށްވެސް ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ.
2. ރީނދޫ ކުލަ
ރީނދޫ ކުލައިގެ ބޮޑުކަމުދާތަކެއްޗަކީ ވަރަށް އާންމު ކަމެކެވެ. ގިނައިން ރީނދޫ ކުލަ ހުންނަނީ ކުޑަކުދިން ބޮޑުކަމުދާއިރެވެ. އެހެންނަމަވެސް ރީނދޫވުމުގެ އިތުރުން ވަރަށް ތަތްގޮތަކަށް ހުރެފައި މާބޮޑަށް ނުބައިވަސް ދުވާނަމަ، އޭގެ މާނައަކީ ބޮޑުކަމުދާތަކެތީގައި މާގިނައިން ސަރުބީ ހުރި ކަމަށެވެ. އެއީ ހަށިގަނޑުގައި ރަނގަޅަށް ކާއެއްޗެހި ހަޖަމްނުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މާގިނައިން ބޮޑުކަމުދާއިރު މިކުލަ ފެންނަނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.
3. ކަޅު ކުލަ
ބޮޑުކަމުދާތަކެތީގައި ކަޅު ކުލަ ހުންނަނީ އަނދިރި، ގަދަ ކުލައިގެ އެއްޗެއްސާއި އަޔަން ހުންނަ އެއްޗެހި ނުވަތަ ބެރީސް ކެއުމުގެ ސަބަބުންނެވެ. އެހެންނަމަވެސް، އެއީ ހަޖަމްކުރާ ނިޒާމްގެ ހޮޅިތަކުން ލޭއައުމުން ކަމަށްވެސް ވެދާނެ އެވެ. އެގޮތަށް ލޭ އަންނަނީ ފަހަރެއްގައި އަލްސާ، ޓިއުމަރުތައް ނުވަތަ ކެންސަރުގެ ސަބަބުން ކަމަށް ވެދާނެއެވެ.
4. މުށި ކުލަ
އެއީ ބޮޑުކަމުދާތަކެތީގައި ބައިލް ހުންނަ މިންވަރު މަދުވުމުން ފެންނަ ކުލައެކެވެ. ބައިލް މަދުވާން ދިމާވާ އާންމު އެއް ސަބަބަކީ އެންޓި-ޑައިރިއަލް ނުވަތަ ބޭރަށް ހިނގުން ހުއްޓުވައިދޭ ބޭސްތައް ކެއުމެވެ. ބޭސްތައް ކެއުން ހުއްޓާލުމުން ބޮޑުކަމުދާތަކެތީގެ ޖުލަ ރަނގަޅުވާން ފަށާނެ އެވެ. ބޮޑުކަމުދާތަކެތީގައި މުށި ކުލަ ހުންނަނީ ފަހަރެއްގައި ލިވާގައި ސީރިއަސް މައްސަލައެއް ހުރުމުން ކަމަށްވެސް ވެދާނެ އެވެ. އެއީ ބައިލް އުފައްދައިދެނީ ލިވާއިން ކަމަށް ވާތީއެވެ. ފަނޑު ކުލަތަކުގައި ބޮޑުކަމުދާތަކެތި ހުރުމަކީ ހެޕަޓައިޓިސް އަދި ހޮޅިހޮޅި ބަންދުވުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ އެވެ.
5. ރަތް ކުލަ
ބޮޑުކަމުދާތަކެތި ރަތް ކުލައިގައި އާންމުކޮށް ހުންނަނީ ރަތް ކުލައިގެ އެއްޗެހި ކެއުމުންނެވެ. އެހެންނޫނީ އެއީ ބޮޑުކަމުދާތަކެތީގައި ލޭ ހުރުމުގެ ސަބަބުންނެވެ. ބީޓްރޫޓް، ޓޮމާޓޯ ސޫޕް އަދި ރަތް ކުލައިގެ ބުއިންތަކުގެ ސަބަބުންވެސް ބޮޑުކަމުދިއުމުގައި ރަތް ކުލަ ފެނިދާނެ އެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް ނުކައި ބޮޑުކަމުދާތަކެތީގައި ރަތް ކުލަ ހުރުމަކީ ޓިއުމަރު، ކެންސަރު އަދި ހެމަރޮއިޑް ހުރުމުގެ ނިޝާނެކެވެ. އެހެންކަމުން އެކަމާއި ގުޅޭގޮތުން ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް މުހިންމެވެ.