ކުރިއަށް އޮތް ފިތުރު އީދަށް ހާއްސަކޮށްގެން ގަމުގެ އީކްއެޓަ ވިލެޖުން ޗުއްޓީ ހަދާލަން ތިން ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
އެގޮތުން މި މަހުގެ 25 އަންނަ މަހުގެ އެކަކާ ހަމައަށް ކުރިއަށް ގެންދާ އީދު ޕެކެޖްގައި 80 ޑޮލަރުގެ ޕެކޭޖަކާއި 99 ޑޮލަރު އަދި 130 ޑޮލަރުގެ ޕެކޭޖެއް ހިމެނެ އެވެ.
މި ޕެކޭޖްތަކަށް ބަލާ އިރު 80 ޑޮލަރުގެ ޕެކޭޖްގައި މަދުވެގެން ހަ ގަޑި އިރަށް ރޫމެއްގައި ތިބެވޭ ގޮތަށް ހާއްސަކޮށްފައިވާ އިރު، ސްވިމިން ޕޫލް ބޭނުން ކުރުމާއި އަދި މެންދުރުގެ ކެއުން ދެ މީހަކަށް ނެގޭނެ އެވެ.
ދެ މީހުންގެ އިތުރަށް 13 އަހަރުން ދަށުގެ ކުޑަ ކުއްޖަކު މި ޕެކެޖަށް އިތުރު ކުރާ ނަމަ 10 ޑޮލަރު އިތުރަށް ދައްކަން ޖެހެ އެވެ.
ދެވަނަ ޕެކެޖަށް ޖެހިލާ އިރު 99 ޑޮލަރުގެ މި ޕެކޭޖްގައި ފުލް ބޯޑްގައި ރިސޯޓުގެ ރޫމެއްގައި އެއް ދުވަހަށް ތިބެވޭނެ އެވެ. އަދި 130 ޑޮލަރުގެ ޕެކޭޖުގައި ރިސޯޓްގެ ހުރިހާ ހިދުމަތްތަކަކާ އެކު އެއް ދުވަހަށް ކޮޓަރިއެއްގައި ހޭފަކޮށްލެވޭނެ އެވެ.
އީކްއޭޓަ އިން ބުނީ މި ޕެކެޖްތޔައް ނަގާ އިރު އެެއްވެސް ޕެކޭޖަކުން ތިން އަހަރު ދަށުގެ ކުދިންނަށް އެއްވެސް ޗާޖެއް ނުނަގާނެ ކަމަށެވެ.