Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

ދެން އުނަގަނޑުގައި ރިއްސާތީ ނުތެދުވެވި އޮންނާކަށް ނުޖެހޭނެ!

އުނަގަނޑުގައި ރިއްސުމަކީ ގިނަބަޔަކު ތާއަބަދުހެން ގިނަބަޔަކު ތަހައްމަލު ކުރަމުންދާ ވޭނެކެވެ. މާބޮޑަށް ފަލަވުމުގެ ސަބަބުންނާއި ބަރުއެއްޗެހި އުފުލުންފަދަ ތަފާތު ސަބަބުތަކާހުރެ އުނަގަނޑުގައި ރިއްސުމަށް މަގުފަހިވެއެވެ. އުނަގަނޑުގައި ރިހުން ހައްލު ކުރުމަށް ކުރެވިދާނެ ތަފާތު ކަންތައްތައް އެބަހުއްޓެވެ.

ހޫނުކުރުން

20 މިނެޓު ވަންދެން އުނަގަނޑަށް ހޫނުކުރާށެވެ. ބޭނުންނަމަ ހޫނުފެނުން ބޮނޑިތާންވެސް ކުރެވިދާނެއެވެ. ބާތްޓަބްގެ ތެރެއަށް އެޕްސަމް ލޮނުކޮޅެއް އަޅާލައިގެން ފެންވެރުމުން ވަރަށް އަވަހަށް ރިހުން ކެނޑިގެންދާނެއެވެ.

ފިނިކުރުން

ތަދުވާ ތަންތަނުގައި އައިސްއެޅުމަކީ ވަރަށް އަވަހަށް ތަދުފިލުވާލާ ކަމެކެވެ. އައިސް ކިއުބްތަކެއް ޕްލާސްޓިކު ކޮތަޅަކަށް އެޅުމަށްފަހު އުނަގަނޑު މަތީގައި ބާއްވާށެވެ. އޭގެ ސަބަބުން އުނަގަނޑުގެ ރިހުމަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ.

ތެލުން މަސާޖުކުރުން

ފުރަތަމަ 4 މޭޒުމަތީ ސަމުސާ ކާށިތެޔޮ މަޑު ގިނީގައި ހޫނުކުރާށެވެ. ދެން އޭގެ ތެރެއަށް 8 ލޮނުމެދު އަރިއަޅާށެވެ. ލޮނުމެދުތަކަށް މުށިކުލަ އަރަންދެން ކައްކާށެވެ. އެއަށްފަހު އެއިން ލޮނުމެދު ނެގުމަށްޓަކައި ފުރާނާނީއެވެ. ތެޔޮ ފިނިވުމުން އުނަގަނޑުގައި އުނގުޅާށެވެ. މެދުނުކެނޑި 15 ދުވަސްވަންދެން ބޭނުންކޮށްފިނަމަ މިތެލުގެ އަސަރު އޭގެ އެންމެ ފުރިހަމައަށް ކުރާނެއެވެ.

އަލުވި

އަލުވި ފޮތިކޮށްފައި ނުވަތަ ގާނާފައި ތުނި ފޮތިކޮޅެއްގެ ތެރޭގައި ބަންދުކޮށްލާށެވެ. ދެން 1 ގަޑިއިރު ވަންދެން އެފޮތިގަނޑު އުނަގަނޑު މަތީގައި ބާއްވާށެވެ. އިސާހިތަކު ތަދުފިލައިގެން ހިނގައިދާނެއެވެ.

ކެބެޖު

އެންމެ ފުރަތަމަ ކިރު ގިރާފައި ހޫނުކުރަން އުދާށެވެ. ކިރުތެލި ކެކެން ފެށުމުން އޭގެތެރެއަށް ކެބެޖު ކުދިކޮށް ކޮށާފައި އަޅާށެވެ. ޕޭސްޓެއް ހެދެންދެން ކައްކާށެވެ. އެއަށްފަހު ފޮތިގަނޑެއްގެ ތެރެއަށް އެޕޭސްޓު އަޅާ ބަނދެލުމަށްފަހު ރިއްސާތަނެއްގައި އަޅާށެވެ. މިއީ އުނަގަނޑުގައި ރިއްސުމަށް އަވަސް ޝިފާއެއް ލިބިގެންދާނެ ފަރުވާއެކެވެ.

ލުނބޯ ހުތް

ލުނބޯއަކުން ހުތްފެލުމަށްފަހު އޭގެތެރެއަށް ކުޑަ ލޮނުކޮޅެއް އަޅާފައި ގިރައިގެން ބޮއެލާށެވެ. ކޮންމެ ދުވަހަކު ޤަވައިދުން ބޯނަމަ އުނަގަނޑުގެ ރިހުމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ކިރު

ކިރުތަށްޓެއްގެ ތެރެއަށް 1 މޭޒުމަތީ ސަމުސާ މާމުއި އަޅައިގެން އާދަކޮށް ބޯން ފަށައިފިނަމަ އުނަގަނޑުގެ ރިހުން މަދުވެގެން ދާނެއެވެ.

އޯޓްސް

އޯޓްސް މަޑުކުރުމަށްފަހު އޭގެތެރެއަށް ވިނެގަރ ކޮޅެއް އަޅާފައި ހޫނުކޮށް ހުއްޓާ އުނަގަނޑުގައި ހާކާލުމުން ރިހުން ފިލައިގެންދާނެއެވެ.

ތާއަބަދު ޑަކުޓަރީ ބޭސް ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާއިރު ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ފަރުވާކުރުން މާބުއްދިވެރިއެވެ.