މަޝްހޫރު ލަވަ ކިޔުންތެރިޔާ ބިޔޯންސޭ އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.
ޚަބަރު ލިބޭ ގޮތުގައި ބިޔޯންސޭ އަށް ލިބިފައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.
މިދިޔަ ހޯމަ ދުވަހު އޭނާ ވިހާފައިވި ނަމަވެސް ބިޔޯންސޭގެ ކުދިން ހޮސްޕިޓަލުން ދޫކުރާ ވަރަށް ސިއްހީ ހާލަތު އަދި ރަނގަޅު ނޫން ކަމަށް ޑޮކްޓަރުން ލަފާ ދީފައިވާތީ ބިޔޯންސޭ އޮތީ އަދިވެސް ހޮސްޕިޓަލުގަ އެވެ.
ގިނަ އަދަދެއްގެ ގްރޭމީ އެވޯޑު ހާސިލުކޮށްފައިވާ 35 އަހަރުގެ ލަވަކިޔުންތެރިޔާ އަށް ވަނީ މީގެ ކުރިންވެސް އަންހެން ކުއްޖަކު ލިބިފައެވެ.
ބިޔޯންސޭ އަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވަނީ ފުރަތަމަ ދަރިފުޅަށް ފަސް އަހަރުވެފައި ވަނިކޮށެވެ.