Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

ދެން ފިއުލް ސަޗާޖް އުނި ވާނެ: ފެނަކަ

ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލާ ގުޅިގެން ކަރަންޓްގެ އަގަށް ހެޔޮ ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ކަރަންޓް ދޭ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ ކަރަންޓްގެ އަގަށް ހެޔޮ ބަދަލެއް ގެންނަން ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާރު ވެެސް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މި މަސައްކަތުގެ ދަށުން ތެލުން ނަގާ ޑިއުޓީ ކުޑަ ކުރުމަށް ގާނޫނަށް ގެނައި އިސްލާހާ އެކު އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފައިވާތީ، އޭގެ މަންފާ ރައްޔިތުންނަށް ވެސް ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން އެސްޓީއޯ އިން ތެލަށް ގެނައި ބަދަލާ އެކު ފެނަކައިން ދެމުންދާ ޙިދުމަތުން ނަގަމުން ދިޔަ ފިއުލްސާޗާޖް އެއްކޮށް އުނިވެގެން ދާނެ ކަމަށާއި މި ހެޔޮ ބަދަލު ކަރަންޓް ބިލަށް އަންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 653 އިންޖީނުގެ މެދުވެރިކޮށް ކަރަންޓްގެ ހިދުމަތް ދެ އެވެ.