* ބޭނުންވާ ތަކެތި:
1/2 1 ޖޯޑު ފުށް
1/2 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރު
1/2 ސައިސަމުސާ ލޮނު
1/2 ޖޯޑު ބަޓަރު (ކިއުބްކޮށް ކޮށާފައި)
1/3 ޖޯޑު ހަކުރު
2 ބިސް
1 ސައިސަމުސާ ވެނީލާ އެސެންސް
1/2 ދަޅު ގެރިކިރު
1 ޖޯޑު ޗެޑާ ޗީޒް (ގާނާފައި)
* ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ އަވަން 350 ޑިގްރީ ފެރެންހެއިޓަށް އަވަން ހޫނު ކުރަން ޖައްސާލާށެވެ. ދެން ބޮޑު ބޯތަށްޓެއްގައި ފުށް، ބޭކިން ޕައުޑަ އަދި ލޮނު އެއްކޮށްލާފައި ބަހައްޓާށެވެ.
ކޭކް މިކްސާއެއް ބޭނުންކޮށްގެން ބަޓަރު ކޮޅާއި ހަކުރު ކޮޅު 5-3 މިނެޓް ވަންދެން ނުވަތަ ކްރީމް ވަންދެން ގިރާލާށެވެ. ދެން އޭގެ ތެރެއަށް ބިސް، އެސެންސް އަދި ގެރިކިރު ކޮޅު އަޅާ، ރަނގަޅަށް އެކޮށްލާށެވެ.
އެއަށް ފަހު ފުށްކޮޅު އަޅާލައި މަޑުމަޑުން އެއްކޮށްލުމަށް ފަހު ޗީޒްކޮޅުގެ ދެބައި ކުޅައެއްބައި ވެސް އެއްކޮށްލާށެވެ.
ކަޕް ކޭކް ހަދާ ތަށިތަށްޓަށް ކޭކު ފުށްގަނޑު އެޅުމަށް ފަހު، އޭގެ މަތީގައި ބަކީ ހުރި ޗީޒް ކޮޅު އަތުރާލާފައި، ހޫނުކޮށްފައި ހުރި އަވަނުގައި 30-25 މިނެޓް ވަންދެން ނުވަތަ ޓޫތުޕިކެއް ހަރާލުމުން ސާފުކޮށް ހުރެ ނުކުންނަ ވަރަށް ފިހެލާށެވެ.