ހިތަދޫ ބޮޑު މަގުގައި އިއްޔެ ހަވީރު ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްވި ބޮލަށް އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިން ހިތަދޫ މުންސިފާއި އާއިޝް އިތުރު ފަރުވާ އަށް ރޭ ދަންވަރު މާލެ ފޮނުވާލައިފި އެވެ.
އެ ދެ މީހުން މާލެ ފޮނުވާނީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެވެ.
އެކްސިޑެންޓްގައި މުންސިފާއި އާއިޝްގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ހާއްސަކޮށް މުންސިފަށް ލިބުނު ޒަހަމްތައް ސީރިއަސް ކަމަށާއި މާލެ ފޮނުވާލި އިރު ވެސް އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި މުންސިފް ދުއްވި ސައިކަލް ޕިކަޕާ އެކްސިޑެންޓްވީ ދުއްވިލެއް ބާރުކަމުން ކޮންޓްރޯލް ނުވެ ގޮސް ޖެހިފަ އެވެ.
މި ހާދިސާގައި އެ ދެ މީހުން ވިއްސައިގެން ގޮސް ވެއްޓި އާއިޝްގެ ބޯ މަގުމަތީގައި އެތާ ހުރި ކޮންކްރީޓް ވަށިގަނޑުގައި ޖެހިފައިވާ އިރު މުންސިފްގެ ބޯ ޖެހުނީ ހޮޅި ދަގަނޑިއެއްގަ އެވެ.