ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިމާދު ސޯލިހު އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.
އިމާދު ސޯލިހުގެ އިތުރުން އޭނާގެ އަނބިކަނބަލުން ވެސް ވަނީ އެޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
އިމާދު ސޯލިހު އެމްޑީޕީ އަށް ސޮއިކުރެއްވީ އެމްޑީޕީން އައްޑޫ މީދޫގައި ބޭއްވި ކޮންގްރެސް އަށް ތައްޔާރުވުމުގެ ރަސްމިއްޔާތެއްގައި ރޭގަ އެވެ.
އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު އިމާދުގެ މެމްބަޝިޕް ފޯމް ހަވާލުކޮށް ދެއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާ އެވެ.
އެމްޑީޕީއާ ގުޅިވަޑައިގެ ކުރިން އިމާދު ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ.
އަދ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދާ ކުރެއްވި އެވެ.
އިމާދަކީ ކުރީގެ ގައުމި ޕާޓީގައި ވެސް އުޅުއްވި ބޭފުޅެކެވެ.