ކުރިއަށް އޮތް މާދަމާ ފާގަގަ ކުރާ ފިތުރު އީދާ ދިމާކޮށް ދިރާގުން ތައްޔާރުކުރި ވައިބާ ސްޓިކާ ޕެކެއް ނެރެފި އެވެ.
ދިރާގުން ބުނީ އަލަށް ތައާރަފު ކުރި ސްޓިކާތަކަކީ ރޯދަ މަހާއި އީދާ ގުޅުވައިގެން ދިވެހިންގެ އާންމު ދިރިއުޅުމުގެ ބަހުރުވަ އާއި ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ސްޓިކާތަކެއް ކަމަށެވެ.
އެ ކުންފުނިން ބުނީ ސްޓިކާ ޕެކްގެ ސަބަބުން އީދުގެ ތަހުނިޔާ ގާތް ތިމާގެ މީހުންނަށް ރީތި ސްޓިކާއެއްގެ ސިފައިގައި ފަސޭހަކަމާއެކު ފޮނުވާލެވޭނެ ކަމަށެވެ.
މި ސްޓިކާ ޕެކްގައި ހުވަދޫ ބަހާއި އަޑޫ ބަސް ފަދަ ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގެ ބަހުރުވައިން ތައްޔާރުކޮށްފައިވާ ސްޓިކާ ހިމެނެ އެވެ.
ވައިބާ ބޭނުން ކުރާ މީހުންނަށް މި ސްޓިކާ ޕެކް ހިލޭ ޑައުންލޯޑު ކުރެވޭނެ އެވެ.