ފޭދޫގައި ޕޯސްޓް އޮފީހެއް ހިންގަމުން އަންނަ މޯލްޑިވްް ޕޯސްޓް ލިމިޓެޑުން ފޭދޫން އޮފީސް އިމާރާތެއް ކުއްޔަށް ހޯދަން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނީ އިމާރާތެއް ކުއްޔަށް ދޭން ޝައުގުވެރިވާ މީހުންނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ޕޯސްޓް އޮފީހުން ބުނީ އިމާރާތް ކުއްޔަށް ދޭން ހުށަހަޅާ އިރު އިމާރާތުގެ ބޮޑުމިން، ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ، ޢިމާރާތް ހުރި ސަރަހައްދު، ޢިމާރާތުގެ ކުލި އަދި އޮމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު ބަޔާން ކުރަން ވާނެ ކަމަށެވެ.
މީގެ އިތުރުން ކުއްޔަށް ދޭ އިމާރާތަކީ ސަރުކާރުގެ ތަނެއް ނަމަ އެ ފަރާތްތަކަށް ޢިސްކަން ދޭނެ ކަމަށް ބުނެފައިވެ އެވެ.
ހަމަމިއާ އެކު ކުއްޔަށް ދޭ އިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން، ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން، ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން، ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުން ކުރާ ގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަ ގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން އަދި ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއް ކަމުގައިވުން) މުހިއްމު ކަމަށް ވެސް ޕޯސްޓް އޮފީހުން ބުންޏެވެ.
އެ އޮފީހުން އަދި ބުނީ އިމާރާތް ކުއްޔަށް ނަގާނީ ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދީގެން އެންމެ ރަނގަޅު ހުށަހެޅުމަކަށް ބަލައިގެން ކަމަށެވެ.
އެގޮތުން އަގަށް 50 ޕަސަންޓް، ކުއްޔަށް ދޭ މުއްދަަށް 20 އަދި ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއް ނަމަ 30 ޕަސަންޓެވެ.
ފޭދޫން އޮފީސް އިމާރާތެއް ހޯދަން ޕޯސްޓް ލިމިޓެޑުން އިއުލާން ކުރި އިރު، މިދިޔަ އަހަރު ވަނީ ހިތަދޫގައި ހުރި ޕޯސްޓް އޮފީސް ބަންދުކޮށް، އެ އަވަށުގައި އެޖެންޓް ޕޯސްޓެއް ބަހައްޓައިފަ އެވެ.