ފިނިފެންމަލަކީ ހަމައެކަނި އޭގެ މީރު ވަހާއި ރީތިކަމަށް މަޝްހޫރު އެއްޗެއް ނޫނެވެ. ފިނިފެންމަލަކީ ރީތިވުމަށްޓަކައި ކުރާ އެކިއެކި ކަންކަމަަށް ބޭނުން ކުރާ އެއްޗެއް ވެސް މެއެވެ.
-
ފިނިފެނަކީ ހަންގަނޑު ހައިޑްރޭޓްކޮށް، މޮއިސްޗުރައިޒްކޮށް އަދި ރީވައިޓަލައިޒް ކޮށްދީ ހަންގަނޑު އޮމާންކޮށްދޭ އެއްޗެކެވެ.
-
އޭގައިވާ އެންޓިއޮކްސިޑެންޓް މާއްދާތަކުގެ ސަބަބުން ހަންގަނޑުގެ ސެލްތައް ވަރުގަދަވެ، ހަލާކުވެފައިވާ ހަންގަނޑުގެ ޓިޝޫތައް ރަނގަޅުވެގެން ދެއެވެ. މީގެ އިތުރުން އެއީ ހަންގަނޑުގައި ރޫޖެހުމުން ވެސް ދުރުހެލިކޮށްދޭ އެއްޗެކެވެ.
-
ފިނިފެނުގެ މޮއިސްޗުރައިޒް އަދި ނަރިޝް ކޮށްދޭ މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑުގެ ކޮލިޓީ ރަނގަޅުވެގެން ދެއެވެ. މީގެ އިތުރުން އެއީ ބޮލުގައި ހަން ފެޅުމަށްވެސް އޮތް ފަރުވާއެކެވެ.
-
ލޯ ސާފުކުރާ ޒަމާނީ ބޭސް އީޖާދު ކުރެވުމުގެ ކުރިން ލޯ ސާފުކޮށް ލޮލަށް ފަރުވާ ދިނުމަށްޓަކައި މީހުން ބޭނުން ކުރަމުން އައީ ފިނިފެނެވެ. އެގޮތުން އެއީ ލޯ ކައިރި ކަޅުވުމަށް ވެސް އޮތް ފަރުވާއެއްކަން ފާހަގަކޮށްލެވެއެވެ.
-
ފިނިފެނަކީ ހޫނުގަދަ ވުމުގެ ސަބަބުން ހަންގަނޑުގައި އުފެދޭ ރޭޝްތަކަށް ފަރުވާ ކުރުމުގައި ބޭނުންކުރާ އެއްޗެކެވެ. ފިނިފެން ސްޕްރޭ ކޮށްލުމުން ސަންބާން އާއި ހަންގަނޑު ހިރުވުން ރަނގަޅުވެގެން ދެއެވެ.
-
ފިނިފެނަކީ މޫނުގައި ހުންނަ މިލައާއި މަރުވެފައިވާ ހަންތައް ނައްތާލައި ސާފުކުރުމަށްޓަކައި ބޭނުންކުރާ އެއްޗެކެވެ.
-
އާންމުކޮށް ބޭނުންކުރާ ކްރީމްތަކަށް 2-3 ފިނިފެންތިކި އަޅާ އެއްކޮށްލައިގެން ބޭނުންކުރުމަކީ ހަންގަނޑު މޮއިސްޗުރައިޒް ކޮށްދޭ ކަމެކެވެ.
-
ފިނިފެނަކީ އެކްނޭ އަށް ފަރުވާ ކުރުމުގައި ވެސް ބޭނުންކުރާ އެއްޗެކެވެ. އެގޮތުން ލުނބޯ ހުތް އަދި ފިނިފެން އެއްވަރަކަށް އަޅާފައި އެއްކޮށްލުމަށްފަހު ބޭނުންވާ ސަރަޙައްދުގައި ހާކާފައި އެއްގަޑިއިރު ބެހެއްޓުމަށްފަހު ފެނުން ދޮވެލުމަކީ އެކްނޭ ރަނގަޅުކޮށްދޭ ކަމެކެވެ. މިގޮތަށް 2-3 ހަފްތާ ވަންދެން ކަންތައް ކުރުމުން ހަންގަނޑުގައި ހުންނަ ލަށްތަކާއި ނިޝާންތައް ފޮހެވިގެންދާނެ އެވެ.