އަންނަ މަހުން ފެށިގެން ވިލާ ކޮލެޖުގައި ޑިގްރީއާއި މާސްޓާރސް އަށް ކިޔަވާ ދަރިވަރުން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކޮލެޖުން ބުނެފިއެވެ.
ވިލާ ކޮލެޖުން ބުނީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމުން ދަރިވަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ. ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގެ ކޯސްތަކަށް މިހާރު ފުރުސަތު ހުޅުވާލެވިފައިވާއިރު އޭގެ ތެރޭގައި ޖުމްލަ 60 ކޯސް ހިމެނެއެވެ.
މީގެ އިތުރުން، އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ކޯހެއްގައި ބައިވެރިވާ ކުދިންނަށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެޑިއުކޭޝަން ފައިނޭންސިންގ ފެސިލިޓީއަށް ކުރިމަތިލުމުގެ ފުރުސަތުވެސް އެބައޮތެވެ.
ސެޕްޓެމްބަރ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އޮގަސްޓު މަހުގައެވެ.
ސ. ހިތަދޫގައި ހުންނަ ވިލާ ކޮލެޖްގައި މިހާރުވެސް ގިނަ ކޯސްތަކެއް ކުރިއަށް ގެންދާއިރު ވިލާ ކޮލެޖްގެ ކޯސްތަަކަކީ ރާއްޖޭގައި މިހާރު ކިޔަވައިދޭ އެންމެ މަތީ ފެންވަރުގެ ކޯސްތަކެވެ.