Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ތިން އަވަށު އޮފީހެއްގެ ސެކިއުރިޓީ އަށް ބަޔަކު ހޯދަނީ

އައްޑޫގެ ތިން އަވަށެއްގެ އަވަށު އޮފީސްތަކުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ސެކިއުރިޓީ ބަލަހައްޓަން ބޭނުން ވަނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ އޮފީހުގައި ކަމަށެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 13 ވަނަ ދުވަހު މެންދުރި ފަހު 1:00 ގައި އޮންނާނެ އެވެ.