ފޭދޫގައި މި ހަފުތާގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ ފިރިހެނަކާއި އަދި 31 އަހަރުގެ ފިރިހެނެކެވެ.
މީގެ ތެރެއިން 54 އަހަރުގެ މީހާއަކީ ފޭދޫ ހުކުރު މިސްކިތުގެ މުދިމެވެ. ފުލުހުން އޭނާ ދުއްވި ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު އެ ކާރުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެ އްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެ އެވެ.
އޭނާގެ ބަންދަށް ފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަސް ޖަހައި ދީފަ އެވެ.
އޮޕަރޭޝަނުގައި ހައްޔަރުކޮށް މިހާރު ބަންދަށް ފަސް ދުވަސް ޖަހާފައިވާ 32 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފާސްކުރި އިރު އޭނާގެ އަތުގައި އޮތް ބިއްލޫރި ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ.
މީގެ އިތުރުން 31 އަހަރުގެ ލައިގެން ހުރި ޖީންސްގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 16 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.