Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ވޯލްޑް ބޭންކްގެ ޓީމެއް އައްޑޫ ކައުންސިލާ ބައްދަލުކޮށްފި

ފިނޭންސް މިނިސްޓްރީން ހިންގާ ވޯލްޑް ބޭންކްގެ ޕަބްލިކް ފައިނޭންސް މޮނިޓަރިން ޕްރޮޖެކްޓްގެ ދެ ކޮންސަލްޓެންޓަކު އިއްޔެ އައްޑޫ ކައުންސިލާ ބައްދަލު ކުރައްވައިފި އެވެ.

ކައުންސިލް އިދާރާގައި އޮތް މި ބައްދަލުވުމުގައި މި ޕްރޮޖެކްޓުގެ ފަރާތުން ކައުންސިލާ ބައްދަލު ކުރެއްވީ ލީޑް ފައިނެންޝަލް މެނޭޖްމެންޓް ސްޕެޝަލިސްޓް ފްރޭންކް ބެސްޓް އާއި ސީނިއަ ފައިނޭންޝަލް މެނޭޖްމެންޓް ސްޕެޝަލިސްޓް ޚުރަމް ފާރޫޤުގެ އިތުރުން ޕްރޮޖެކްޓް ކޯޑިނޭޓަރު ހައްވާ ރިޝްދާ މުޙައްމަދެވެ.

މި ބައްދަލުވުމުގައި ކައުންސިލަށް ކަނޑައެޅިފައިވާ ބަޖެޓް ޚަރަދު ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ބަޖެޓް ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ޕްރޮޖެކެޓްގެ ބައިވެރިންނަށް ކައުންސިލުން ވަނީ މަޢުލޫމާތު އަރުވައިފަ އެވެ.