މީދޫ ނޫރައްދީން އިންވެސްޓްމެންޓުން ރޯދަ މަހު ބޭއްވި ގުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ އާއިޝަތު ލީޝް ހަމީދު އަދި ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއް ވަނަ މުހައްމަދު ރައްޔާން މައުސޫމް ހޯދައިފި އެވެ.
މުބާރާތުގެ އިނާމް ދިނުމަށް ސ. އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތުން ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ހަވާލުކޮށް ދެއްވީ ހުޅުދޫ ސްކޫލްގެ ގުރުއާން މުދައްރިސް އިބްރާހިމް ޝަރީފާއި ޝަމްސުއްދީން ސްކޫލްގެ ގުރުއާން މުދައްރިސް މުހައްމަދު އަބްދުލް ކަރީމްއާއި އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ އާއި ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް ޝަރަފިއްޔާއާއި މީދޫ މެޖިސްޓޭޓް ކޯޓްގެ އިސްފަޑިޔާރު ޠައްޔިބުގެ އިތުރަށް ހުޅުދޫ އަވަށު އޮފީހުގެ ޑިރެކްޓަރު މުސްޠަފާ އާއި މީދޫ އޮފީހުގެ ޑިރެކްޓަރ އަބްދުﷲ ރަޝީދުގެ އިތުރަށް މިރަސްމިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ޝެއިޚް މުހައްމަދު ނާޒިހު އާއި ނޫރައްދީން އިންވެސްޓްމެންޓްގެ މެނޭޖަރު އަލީ ނޫރައްދީނެވެ.
ހަ އުމުރު ފުރައަކަށް ބަހާލައިގެން ކޮންމެ އުމުރުފުރައަކުން ހިތުން ކިޔެވުމުގެ ގޮއްޕާއި އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވާފައިވާ އިރު މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ ހޯދީ މީދޫ ސީޝެލް އާއިޝަތު ލީޝް ހަމީދެވެ.
ހިތުން ކިޔެވުމުގެ ގޮފިން އެއް ވަނަ ހޯދީ މީދޫ ނިޔަދުރުގަސްދޮށުގޭ މުހައްމަދު ރައްޔާން މައުސޫމެވެ.
މުބާރާތުގެ ދެ ގޮފިން ކޮންމެ ގޮއްޕަކުން މުޅި މުބާރާތުން އެއް ވަނަ ހޯދި ދަރިވަރަށް ލެޕްޓޮޕަކާއި ފައިސާގެ އިނާމެއް ނޫރައްދީންއިނެވެސްޓްމެންޓުން ހުށަހަޅާފައިވެ އެވެ.
މިއީ ހުޅުދު އާއި މީދޫގައި ކޮންޓްޝަން މަސައްކަތް ކުރާ ކުންފުނި ނޫރައްދީނުން ބޭއްވި ފުރަތަމަ ގުރުއާން މުބާރާތެވެ.