ހައްޖު ދަތުރުގައި ދަރުމަ އަށް މަސައްކަތް ކުރާނެ އިމާމުން ހޯދުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.
މި މަޤާމަށް ހޮވޭ ފަރާތްތަކުން ހައްޖާޖީންނަށް ދީނީ ކަންތައް އޮޅުން ފިލުވާދީ، ދީނީ ދަރުސް ދީ ދިމާވާ ކަންކަމުގައި އެހީތެރި ވެދޭން ޖެހެ އެވެ.
އަދި މިމަޤާމަށް ކުރިމަތިލުމަށް ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގުރީ ހާސިލުކޮށް ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވާ މީހަކަށް ވާންޖެހެ އެވެ.
މަޤާމަށް ހޮވުމަށް ހަމަޖެހިފައި ވަނީ ދެ އިމާމުންނެވެ.
މި ގޮތަށް މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އަންގާރަ ދުވަހުގެ ކުރިން ހައްޖު ކޯޕަރޭޝަނަށް ފޯމު ހަށައަޅަން ޖެހެ އެވެ.
ފޯމު ލިބެން ހުންނާނީ ހައްޖު ކޯޕަރޭޝަނުންނާއި އެ ކޯޕަރޭޝަންގެ ވެބްސައިޓުންނެވެ.