Last Updated: April 21, 15:19
Monday, April 21, 2025
މުނިފޫހިފިލުވުން

މި ފަހަރު ސުޝާންތާއި ކިރިތީގެ ވީޑިއޯ ލަވައެއް

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ސުޝާންތު ސިންގް ރާޖްޕުޓް އާއި ކިރިތީ ސެނަން އެކުގައި ކުޅުނު ފުރަތަމަ ފިލްމް "ރާބްތާ" ބޮޑު ފްލޮޕަކަށް ވިޔަސް، އެ ދެ މީހުންގެ ޖޯޑު ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

އެހެންވެ އަނެއްކާ ވެސް ސުޝާންތާއި ކިރިތީ އެކުގައި ދައްކާލައިފި އެވެ. އެކަމަކު މި ފަހަރު ފިލްމަކުންނެއް ނޫނެވެ. ވީޑިއޯ ލަވައަކުންނެވެ.

މި ލަވައަކީ މިހާރު ވީޑިއޯ ލަވަތަކުގެ ޓްރެންޑެއް ގެނެސްގެން އުޅޭ ޓީ ސީޒީރުން ހަދާފައިވާ ލަވައެކެވެ. ލަވަ ޑައިރެކްޓްކޮށްފައި ވަނީ މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ހާނެވެ.

ލަވައިގެ ނަމަކީ "ޕާސް އާއޯ" އެވެ.

ޕާޓީ ފީލްގެ މި ލަވަ ކިޔާފައި ވަނީ އަރްމާން މާލިކާއި ޕްރަކްރިތީ ކައްކަރް އެވެ. ލަވައިގެ މިއުޒިކް ހެދީ އަމާން މާލިކެވެ.