ހައުސިން މިނިސްޓްރީން ހިތަދޫގައި ގާއިމުކޮށްފައި ހުންނަ އެ މިނިސްޓްރީގެ ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލް ޑިޕާޓްމެންޓްގެ އިސްވެރިންނާ އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށްފި އެވެ.
ކައުންސިލްގެ އިސްނެގުމުގެ މަތިން ބޭއްވި މިބައްދަލުވުމުގެ މަޤްސަދަކީ އާ ދައުރަކަށް ހޮވިވަޑައިގަތް ކައުންސިލަރުންނާއި ހައުސިން މިނިސްޓްރީގެ އިސް ވެރިންނާ ތަޢާރަފްވެ ކުރިއަށް ރޭވިފައިވާ ކަންކަން ހިންގުމުގައި ވީހާވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބާރުލުން ލިބިގެން ދިޔުމެވެ. މި
ބައްދަލުވުމުގައި ހައުސިންގް މިނިސްޓްރީގެ ފަރާތުން އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު، ކޯޑިނޭޓަރު ހަސަން ނާޒިލް، ކޯޑިނޭޓަރު މުހައްމަދު ޖަމީލުގެ އިތުރުން އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ އާންމުންގެ ފަރާތުން ކައުންސިލަށް ހުށެހެޅެމުންދާ ބައެއް ޝަކުވާތައް ހިއްސާކޮށްފަ އެވެ.
އެގޮތުން މަގުބައްތި ނުދިއްލި ހުރުމާއި މަގުތައް ސާފު ނުވެ އޮތުމުން ހިރަފުސް ގަދަވެ އޭގެ އުނދަގޫ ކުރިމަތިވަމުންދާ ކަމާއި ބަނދަރުތަކުގެ ހާލަތު ރަނގަޅު ކުރަން ޖެހިފައިވާކަން ފާހަގަ ކުރި އެވެ.
ހިޔާލު ފާޅުކުރައްވާ 1ކޮމެންޓް
ހަހުސިން މިނިސްޓްރީ ގޮފީގެ މީހުންނާއި ބައްދަލުކުރުމަކީ ބޭކާރު އަދި ވަގުތު ނަގާލަން ކުރެވުނު ކަމެއް.. ޔާމީނުގެ ވެރިކަން ނިމުމާޢި އެކު ތިޔަ ބައިގަނޑު ތިބިތަން އުވާލާ ސިޓިކައުންސިލްގެ ދަށައް ބާރުތައްގެންނާނެކަން ޔަގީން.. އައްޑޫގަ ތިޔަމިނިސްޓްރީގެ ގޮފި ތިޔައީބޭކާރު ތަނެއް.. … ކުރެވޭއެއްވެސް ކަމެއްނެތް.. މަގުތައްހަލާކުވެ ދުއްވާމީނުން ނަށް ބަލާވެރިކަމަކަށް ވާއިރުސް ތިޔަމީހުންނަށް ކުރެވޭއެއްވެސް ކަމެއްނޯވޭ… މާލޭގެ ހުރި އޮފީހަކުން ފޯނުކޯލެއް ނައިސްގެން ތިބެންޖެހުން ފިޔަވާ ކޮނަކަމެއް ކުރެވޭ ބައެްތޯ ހިތައްއަރާ …