Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

"އަމަ-ބްރަޝް" އަކުން މާ ރީތިކޮށް ދަތް އުނގުޅައިލެވޭނެ!

ދަތް އުނގުޅަން މިހާރު ބޭނުން ކުރާ ބުރުހުގެ ބަދަލުގައި އެއަށް ވުރެ ޒަމާނީ އުފެއްދުމެއް ކިހިނެއް ވާނެ ހެއްޔެވެ؟ ގައިމު ވެސް މިހާރުގެ ބުރުހުން ދަތް އުނގުޅަން ކުރަން ޖެހޭ މަސައްކަތް ލުއިވެފައި، ދަތްޕިލާގެ ރީތިކަން ވެސް މި ފަހުގެ އުފެއްދުމުން ގެނުވާނެ އެވެ.

މި ދައްކަނީ އަލަށް އިޖާދު ކުރި އުފެއްދުމެއްގެ ވާހަކަ އެވެ. ނަމަކީ "އަމަ-ބްރަޝް" އެވެ. އެއީ އޮޓޮމޭޓެޑް ބުރުހެކެވެ. މިހާރު މި ބޭނުން ކުރާ ބުރުހާ ވަރަށް ތަފާތުކޮށް ފަަރުމާކޮށްފައިވާ އުފެއްދުމެކެވެ. މި ބުރުހުން 10 ސިކުންތުގެ ތެރޭގައި ދަތްތައް އެއްކޮށް ރީތިކޮށް ސާފުކޮށްލެވޭނެ އެވެ.

ޗާޖްކޮށްގެން ބޭނުން ކުރެވޭ ގޮތަށް އަދި މޮބައިލް އެޕަކުން ކޮންޓްރޯލް ކުރެވޭ ގޮތަށް، ދެ ބައެއް އެކުލިވިގެންވާ "އަމަ-ބްރަޝް" ގައި އަނގައިގެ ތެރެއަށް ލާން ޖެހޭ ބަޔަކާ އެކު، ބޭރުގައި އިންނަ ބައެއް ވެސް ހުންނާނެ އެވެ. މީގެ މަސައްކަތް ކޮންޓްރޯލް ކުރާނޯ ބޭރުގައި އިންނަ ބައިންނެވެ.

"އަމަ-ބްރަޝް" ގެ ހާއްސަ އަނެއް ކަމަމީ މި ބުރުހުން ދަތް އުނގުޅަން ހާއްސަ ބޭހެއް ވެސް ބޭނުން ކުރަން ޖެހުމެވެ. އެއީ ކެލްސޫލެކެވެ. ކެޕްސޫލް އަޅަން ޖެހެނީ ބުރުގެ ބޭރުގައި ހުންނަ ބަޔަށެވެ. މާނައަކީ އަނގައިގެ ބޭރަށް ހުންނަ ބަޔަށެވެ. އެ ކެޕްސޫލްގެ އަގަކީ 3.40 ޑޮލަރެވެ.

"އަމަ-ބަރްޝް" އަންނަ ޑިސެމްބަރު މަހު އާންމުކޮށް ވިއްކަން މާކެޓަށް ނެރެން މިހާރު ވަނީ ނިންމައިފަ އެވެ. މީގެ އަގު އުޅެނީ 90 ޑޮލަރަށެވެ. އަދި މިހާރު ވެސް 70 ޑޮލަރަށް ޕްރި އޯޑަ ކުރެވޭނެ އެވެ.