"ރަން-އިން އައްޑޫ 2017" ގެ ނަމުގައި ޓޯޓަލް ފިޓްނަސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ޓީއެފްޖީ) އިން އައްޑޫގައި ދުވުމުގެ ރޭހެއް ބޭއްވުމުގެ މަސައްކަތް ފަށައިފި އެވެ.
މި ރޭހަކީ "ރަން-އިން-މޯލްޑިވްސް" ގެނަމުގައި ޓީއެފްޖީ އިން އިސް ނަގައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ދުވުމުގެ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިންގާ ހަރަކާތެކެވެ.
މި ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ އާންމުން ކަސްރަތާ މެދު އިތުރަށް ހޭލުންތެރި ކުރުވުން ކަމުގައި ޓީއެފްޖީން ބުންޏެވެ.
އަންނަ ސޕްޓެމްބަރު މަހުގެ 15-16 އަށް ބޭއްވުމަށް ރާވަމުން ގެންދާ މި ހަރަކާތް އިންތިޒާމް ކުރުމުގައި މަޝްވަރާ ކުރުމަށް ޓީއެފްޖީގެ ޓީމެއް އައްޑޫ ކައުންސިލާ ބައްދަލުކޮށް ކައުންސިލްގެ ލަފަޔާ އިރުޝާދު ވެސް ވަނީ ހޯދައިފަ އެވެ.
އަދި އެމްއެންޑީއެފާއި ފުލުހުންނާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ އެކު އިތުރު ބައްދަލުވުމެއް މިއަދު އޮންނާނެ އެވެ.