ހުޅުދޫގައި ރޭ ފެށި މިނިވަން ކަޕް 2017 ގެ ފުރަތަތަ މެޗް ހުޅުދޫ މަންތަރަ އެފްސީ ކާމިޔާބުކޮށްފި އެވެ.
އެ އަވަށު ފުޓްސަލް ދަނޑުގައި ރޭ ފެށި މި މުބާރާތުގެ ފުރަތަމަމެޗް މަންތަރަ އެފްސީ ކާމިޔާބު ކުރީ ފޭދޫ ފްރެންޑްސް ކްލަބާ ވާދަކޮށް 5-3 ލަނޑުންނެވެ.
މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ މިނިޓްގެ ތެރޭގައި މަންތަރަ އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް ދިނީ އެ ޓީމަށް ކުޅޭ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ޝިފާއު (ރޮނާ) އެވެ.
މެޗްގެ ފުރަތަމަ މިނިޓްގެ ތެރޭގައި މަންތަރައިން ލަނޑެއް ޖަހައި މެޗްގެ ލީޑް ހޯދި ނަމަވެސް ފްރެންޑްސް ކްލަބްގެ ކުޅުންތެރީން ވެސް ވަނީ ހަ ވަނަ މިނިޓްގެ ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަަމަހަމަކޮށްފައެވެ.
އެ ޓީމުގެ ކުޅުންތެރީން މެޗްގެ 10 ވަނަ މިނިޓްގެ ތެރޭގައި ދެ ވަނަ ލަނޑު ކާމިޔާކޮށް މެޗްގެ ލީޑް ވެސް ހޯދި އެވެ. އެކަމަކު ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރީން މަންތަރަ ޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.
މަންތަރަގެ މި ދެ ލަނޑު ވެސް ކާމިޔާބުކޮށް ދިނީ މުހައްމަދު ލިޔާހް އެވެ.
މެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށުތަނާހެން ފްރެޑްސް ކުލަބުން 3 ވަނަ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ޖެހީ މިފްޒާލެވެ.
އެހެން ނަމަވެސް މެޗް ނިމުމުގެ ކުރިން މަންތަރަ އެފްސީގެ ލިޔާހު ވަނީ އިތުރު ދެ ލަނޑާ އެކު މެޗްގެ ނަތީޖާ 5-3 އަށް ބަދަލުކޮށްފައެވެ.
މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.
ރޭ ކުޅުނު ދެވަނަ މެޗްގައި ފެނަކަ މަލްޓި ޖީނިއަސް ސިޓީ ބައްދަލު ކުރި މެޗު މަލްޓިކާމިޔަބު ކުރީ 4-0 ލަނޑުންނެވެ.
މި އަހަރުގެ މިނިވަން ކަޕްގެ މުބާރާތުގައި 10 ޓީމް ވާދަ ކުރެ އެވެ.