Last Updated: November 27, 18:02
Wednesday, November 27, 2024
ޚަބަރު

ހިކަނދި ފަތް: ނުކައި ދޫކޮށްލާ ވަރުގެ އެއްޗެއް ނޫން

ހިކަނދި ފަތަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ހެދޭ ބާވަތެކެވެ. އަދި ދިވެހިންގެ ކެއްކުމުގައި ވަރަށް ހާއްސަ ބާވަތެކެވެ. ތަފާތު ރިހަތައް ތައްޔާޔާ ކުރާ އިރު، ހިކަނދި ފަތް ކޮންމެހެން ވެސް މުހިއްމު ވާނެ އެވެ. ކުޅި ކެއުމަށް ތައްޔާރު ކުރާ ނަމަ، ރަހަގަނޑު ހެޔޮވަރުކޮށްލަ ދޭން ހިކަނދި ފަތުގެ ޖާދޫ އަބަދު ވެސް މުހިއްމު ވާނެ އެވެ.

ހަމަ މިއާ އެކު މިއީ ފައިދާތައް ގިނަ، ބޭނުން ނުކޮށް ދޫކޮށްލާ ވަރުގެ ފަތެއް ވެސް ނޫނެވެ.

1. އެނީމިއާ އިން ރައްކާތެރިކޮށްދޭ

ހިކަނދި ފަތުގައި ގިނަ އަދަދަކަށް އަޔަން އާއި ފޯލިކް އެސިޑް ހިމެނެއެވެ. ފޯލިކް އެސިޑް އަކީ ހަށިގަނޑަށް އަޔަން ނަގައިދީ އަޔަން ދައުރު ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

2. ހަކުރު ބަލިން ރައްކާތެރިކޮށްދޭ

ހިކަނދި ފަތަކީ ހަކުރު ދަށްކޮށްދިނުމުގެ އިތުރުން ހިކަނދި ފަތް ކެއުމަށްފަހު ދުވަސްކޮޅެއް ވަންދެން ހަކުރު ލެވެލްތައް ރަނގަޅު މިންވަރެއްގައި ދަމަހައްޓައިދޭ އެއްޗެކެވެ.

3. ހަޖަމު ކުރުމަށް ފަސޭހަކޮށްދޭ

ހިކަނދި ފަތަކީ ހަޖަމު ކުރުމަށް އެހީތެރިވެދީ، ހަށިގަނޑަށް ފެޓްސް ނަގައިގަނެވޭ ގޮތް ބަދަލުކޮށް ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.
ބަރުދަން އިތުރުވުމަކީ ހަކުރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަށްވުމުން، ހިކަނދި ފަތް ކެއުމަކީ އެކަމަށް އޮތް ވަރަށް ރަނގަޅު ފަރުވާއެކެވެ.

4. ކޮލެސްޓްރޯލް ދަށްކޮށްދޭ

ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދޭ މާއްދާތަކެއް ހިކަނދި ފަތުގައި ހުރެއެވެ. އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ ހިކަނދި ފަތަކީ ނުބައި ކޮލެސްޓްރޯލް ކަމަށްވާ އެލްޑީއެލް ކޮލެސްޓްރޯލް އުފެދޭ ނިޒާމް ކަމަށް އޮކްސިޑޭޝަން ހުއްޓުވައިދޭ އެއްޗެކެވެ.

އޭގެ ސަބަބުން ހަށިގަނޑުގައި ރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެގެން ދެއެވެ. އަދި ހިތުގެ ބައްޔާއި އެތެރޯސްކްލީރޯސިސް ފަދަ ބަލިތަކުން ހަށިގަނޑު ރައްކާތެރިވެގެން ދެއެވެ.

5. ނުރަފެޅުން ހުއްޓުވައިދޭ

ހިކަނދި ފަތަކީ ނުރަފެޅުން ހުއްޓުވައިދިނުމަށް މަޝްހޫރު އެއްޗެކެވެ.

މީގެ އިތުރުން އެއީ ހަލާކުވެފައިވާ އިސްތަށިގަނޑަށް ފަރުވާ ކުރުމުގައި އަދި ތުނި އިސްތަށި ވަރުގަދަ ކޮށްދީ، އިސްތަށި ފޭބުމާއި ބޮލުގައި ހަންފެޅުމުގެ މައްސަލައަށް ވެސް އޮތް ރަނގަޅު ފަރުވާއެކެވެ.

ހިކަނދި ފަތް ކާން ބޭނުން ނޫންނަމަ، ހިކަނދި ފަތުގެ ޕޭސްޓެއް ހެދުމަށްފަހު އެ ޕޭސްޓް ބޮލުގެ ތަލައިގައި ހޭކިދާނެ އެވެ.