Last Updated: September 21, 13:56
Saturday, September 21, 2024
ޚަބަރު

ހިތަދޫ "ފާސްޓް ފުޑް" ގެ ޑެލިވަރީ ބޯއިގެ އަތުން ފޭރިގެންފި

ހިތަދޫގައި ކާބޯތަކެތި ޑެލިވަރީކޮށްދޭ "ފާސްޓް ފުޑް" ގެ ޑެލިވަރީ ބޯއި އަތުން ރޭ ފޭރިގެންފި އެވެ.

ފާސްފުޑްގެ އިސް ބޭފުޅަކު ބުނީ އެތަނުގެ ޑެލިވަރީ މީހާއަށް ބިރު ދައްކައި ފޭރިގެންފައި ވަނީ ރޭ 10:20 ހާއިރު ހިތަދޫ ނާސްތާ ހޮޓަލާއި ދިމާލުން ހަނި ގޯޅިގަނޑެއްގެ ތެރެއިންނެވެ.

އެ މީހާ އަތުން ޑެލިވަރީ އަށް ގެންދިޔަ 10 ޕާރްސަލް ފޭރިގެންފައިވާ ކަމަށް އެތަނުން މައުލޫމާތުދެ އެވެ. ފާސް ފުޑުން ބުނީ ފޭރިގެންފައިވަނީ ކާއެއްޗެހި އެކަނި ކަމަށެވެ.

ފާސްފުޑް ޑެލިވަރީ އަތުން ފޭރިގެންފައިވާ އިރު ރޭ ހިތަދޫގައި އެއް ސަރަހައްދަކުން ތިން ކާރުގައި ރޯކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެމީހުން ކާރުތަކުގައި ރޯ ކުރީ "ބަނޑުހައިވެގެން ގޮޅިއަށް ދާން" ކަމަށް ބުނެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.