Last Updated: November 26, 13:45
Tuesday, November 26, 2024
ރިޕޯޓް

ޔޫކޭގެ އެންމެ ޅަ ޑޮކްޓަރު ޔޯކް ހޮސްޕިޓަލަށް

ފޮޓޯ - ދޯޝީގެ އާއިލާ

ނިޔުނިވާސިޓީ އޮފް ޝެފީލްޑް އިން ދަސްވެނިވި މެޑިކަލް ދަރިވަރެއް ކަމަށްވާ އަރްޕަން ދޯޝީއަކީ ލަފާ ކުރެވޭ ގޮތުގައި އިނގިރޭސިވިލާތުގެ މިހާތަނަށް އެންމެ ހަނގު ޑޮކްޓަރެވެ.

އުމުރުން 21 އަހަރާއި 334 ދުވަހުގެ އަރްޕަން ދޯޝީ ދަސްވެނިވީ ހޯމަ ދުވަހު އެވެ.

މެޑިސިން ކޯހަށް އޭނާ ކޮލިފައިވެފައި ވަނީ އުމުރުން އެންމެ 17 އަހަރުގައި ބެކަލޯރިއޭޓް އިމްތިހާނުން ފާސްވުމަށް ފަހު އެވެ. އެއިރު އޭނާ ދިރިއުޅެމުން ދިޔައީ ދެކުނު ފްރާންސްގައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގައި ރެކޯޑް ކުރެވުނު އެންމެ ހަނގު ޑޮކްޓަރަކީ އުމުރުން 21 އަހަރާއި 352 ދުވަހުގައި ދަސްވެނިވި ރޭޗެލް ފޭ ހިލް އެވެ. އޭނާ އަށް މެޑިކަލް ޑިގްރީ ލިބިފައި ވަނީ 2010 ވަނަ އަހަރުއެވެ.

އުމުރުން ކިތަންމެ ކުޑަޔަސް، ދޯޝީ ބުނީ އިނގިރޭސިވިލާތުގައި ދަރިވަރެއްގެ ދިރިއުޅުމަށް ހޭނުމުގައި އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.

"އަހަރެން އަބަދުވެސް ބޭނުންވީ ޑޮކްޓަރަކަށް ވާން. ވަރަށް ކުޑައިރުއްސުރެ އިންސާނާގެ ހަށިގަނޑު މަސައްކަތް ކުރާ ގޮތާއިމެދު އަހަރެން ވަރަށް ހައިރާންވި. އަދި މީހުންނަށް އެހީތެރިވެދިނުމަކީ ވަރަށް ރަނގަޅު ކަމެއް"، ދޯޝީ އާއި ހަވާލާދީ ބީބީސީ އިން ރިޕޯޓް ކުރެއެވެ.

އޭނާ އިންޑިއާއިން އެއިކްސެން-ޕްރޮވާންސް އަށް ބަދަލުވީ 2009 ވަނަ އަހަރު ނިއުކްލިއާ ފިޝަން ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާގެ ބައްޕައަށް ލިބުމުންނެވެ.

އުމުރުން 16 އަހަރުގައި އޭނާ އިންޓަނޭޝަނަލް ބެކަލޯރިއޭޓް އިމްތިހާމް ހެދިއެވެ. އެއީ ޔޫކޭ އާއި ރާއްޖޭގައި ވެސް ހަސާ އޭ ލެވެލް އިމްތިހާނާއި ދަރަޖައިގެ ގޮތުން އެއްވަރެއް ކޯހެކެވެ. އެ އިމްތިހާނުގައި އޭނާ ކެމިސްޓްރީ، ފިޒިކްސް، އިކޮނޮމިކްސް، ހިސާބު، ހިންދީ އަދި އިނގިރޭސި ބަހުން ފާސްވިއެވެ.

ޖުމްލަ 45 މާކްސްގެ ތެރެއިން 41 މާކްސް ހާސިލް ކުރުމަށްފަހު، ޔުނިވާސިޓީ އޮފް ޝެފީލްޑް އިން ވަނީ އޭނާ މެޑިސިން ކިޔެވުމަށްޓަކައި 13،000 ޕައުންޑްގެ ސްކޮލާޝިޕެއް ދީފައެވެ.

ޔޯކް ޓީޗިން ހޮސްޕިޓަލްގައި ޖޫނިއާ ޑޮކްޓަރެއްގެ މަޤާމުގައި ދެ އަހަރުގެ ޓްރެއިނިން އެއް ފަށަން ދޯޝީ ހުރީ ތައްޔާރަށެވެ. އޭނާ ބޭނުންވަނީ ހިތުގެ ސާޖަރީގެ ދާއިރާއިން ސްޕެޝަލައިޒް ވާންށެވެ.

ދޯޝީގެ މައިންބަފައިން ވަނީ އެނބުރި އިންޑިއާއަށް ބަދަލުވެފައެވެ. އަދި ދޯޝީ އަކީ އިނގިރޭސިވިލާތުގެ އެންމެ ހަނގު ޑޯކްޓަރު ކަން އެމީހުންނަށް ކުރިން ނޭނގެއެވެ.

"އެމީހުން އަހަންނާއިމެދު ވަރަށް ބޮޑަށް ފަޚުރުވެރިވޭ އަދި އެމީހުންގެ ފަރާތުން ލިބޭ އެއްބާރުލުމަށްޓަކައި އަހަރެން ވަރަށް ޝުކުރުވެރިވަން"، ދޯޝީ ބުންޏެވެ.