މާލޭގައި މީހެއްގެ އަތުން ފޭރެން އުޅުނު އަންހެނަކު ބަރަހަނާވެ ފިލަން މަސައްކަތްކޮށްފި އެވެ.
މިއަދު މެންދުރު ސޯޝަލް މީޑިއާގައި ދައުރު ވާން ފެށި މި މަންޒަރުގެ ފޮޓޯ ފެނި ގިނަ ބަޔަކު ވަނީ ފުލުހުންނާއި ސަރުކާރަށް އެތައް ފާޑު ކިއުމެއް ރައްދު ކޮށްފަ އެވެ.
އަންހެނަކު ފިރިހެނެއްގެ އަތް ދަށުން ސަލާމާތްވާ ވެގެން އޭނާ ލައިގެން ހުރި ޓޮޕުކޮޅު ދޫކޮށްލާފައި ދުވާ މަންޒަރު ފޮޓޯއިން ފެނުނު ނަމަވެސް ހަޤީޤަތަކީ އެއީ ފިރިހެން މީހާ އަތުން ފައިސާތަކެއް ފޭރިގަނެ ފިލަން އުޅުނު އަންހެނެއް ކަމެވެ.
އެ އަންހެންމީހާ ހިފަހައްޓަން ފިރިހެންމީހާ އުޅުމުގެ ތެރޭގައި އޭނާ ލައިގެންހުރި ހެދުން ބޭލިގެން ދިޔުމުން އޭނާ ވަނީ އެ ހެދުން އެއްލާލުމަށްފަހު ފިލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް، މިހާރު އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
މިފަހަކަށް އައިސް މާލޭގައި ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.