ގަމުގެ އީކްއޭޓަ ވިލެޖުން މިނިވަން ދުވަހުގެ ބަންދާ ދިމާކޮށް ހާއްސަ ތިން ޕެކޭޖެއްގެ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
މި މަހުގެ 25-30 އަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި 80 ޑޮލަރުގެ ޕެކޭޖަކާއި 99 ޑޮލަރު އަދި 130 ޑޮލަރުގެ ޕެކޭޖް ހިމެނެ އެވެ.
މި ޕެކޭޖްތަކަަށް ބަލާ އިރު 80 ޑޮލަރުގެ ޕެކެޖްގައި މަދުވެގެން ހަ ގަޑި އިރަށް ރޫމެއްގައި ތިބެވޭ އިރު ސްވިމިން ޕޫލް ބޭނުން ކުރުމާއި އަދި މެންދުރުގެ ކެއުން ދެ މީހަކަށް ނެގޭނެ އެވެ. އަދި ދެ މީހުންގެ އިތުރަށް 13 އަހަރުން ދަށުގެ ކުޑަ ކުއްޖަކު އިތުރުކުރާ ނަމަ 10 ޑޮލަރު އިތުރަށް ދައްކަން ޖެހެ އެވެ.
ދެވަނަ ޕެކެޖްގައި ފުލް ބޯޑްގައި ރިސޯޓުގެ ރޫމެއްގައި އެއް ދުވަސް ހޭދަކޮށްލެވޭ އިރު 130 ޑޮލަރުގެ ޕެކެޖްގައި އީކްއޭޓާގެ ހުރިހާ ޚިދުމަތްތަކާ އެކު އެއް ދުވަސް ކޮޓަރިއެއްގައި ހޭދަކޮށްލެވޭނެ އވެވެ.
އަދި މިއިން އެއްވެސް ޕެކެޖެއްގައި ތިން ނުވާ ކުޑަކުދިންނަށް އެއްވެސް އަގެއް ނުނަގާނެ އެވެ.