ކުރިއަށް އޮތް މިނިވަން ދުވަހާ ގުޅިގެން އަންނަ ބަންދާ ދިމާކޮށް ފޭދޫގައި ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.
މި ނައިޓް މާކެޓް އިންތިޒާމު ކުރާ ޓީމްގެ އޮފިޝަލަކު "އައްޑޫ ލައިވް" އަށް މިއަދު ބުނީ މި މަހުގެ 25-31 އަށް ކުރިއަށް ގެންދާ ނައިޓް މާކެޓްގައި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ގިނަ ފިހާރަތަކުން ބައިވެރި ވާނެ ކަމަށެވެ.
ނައިޓް މާކެޓް އޮންނާނީ ފޭދޫ ބޮޑު މަގުގައި ހުންނަ "ސީ މީ" ފިހާރަ އިން ފެށިގެން "އީޒީ އެކްސް" ފިހާރައާ ދޭތެރޭ ސަރަހައްދުގަ އެވެ.
ނައިޓް މާކެޓް ކުރިއަށް ގެންދާނީ ކޮންމެ ރެއަކު 8:00-11 އަށެވެ.
އޮފިޝަލް ބުނީ މި ނައިޓް މާކެޓުން ވަރަށް ހެޔޮ އަގުގައި ގިނަ ބާވަތްތަކެއް މުދާ އާންމުންނަށް ގަންނަ ލިބޭނެ ކަމަށެވެ.
އެގޮތުން ހެދުމާއި ރީތިވާ ސާމާނާއި ގޭތެރޭގެ ތަފާތު ސާމާނުތައް ނައިޓް މާކެޓުން ވިއްކާނެ އެވެ.