މި މަހުގެ ތެރޭގައި ބޭނުން ކުރަން ފަށާނެ ކަމަށް ބުނެފައިވާ ރަންދިހަ ފަހެއް ނޫޓު ސީރީޒްގެ 5 ރުފިޔާގެ އާ ނޫޓު ޗާޕުކޮށްގެން ރާއްޖެ ގެނެސްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ރަންދިހަފަހެއް ނޫޓް ސީރީޒްގެ 5 ރުފިޔާގެ އާ ނޫޓް ރާއްޖެ ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް 5ރ. ގެ އާ ނޫޓް ބޭނުން ކުރަން ފަށާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
ފަސް ރުފިޔާގެ އާ ނޫޓް ވަނީ މެއި 10، 2017 ގައި ދައްކާލައިފަ އެވެ.
އެ ނޫޓަކީ ރަންދިހަ ފަހެއް ސީރީޒްގެ ނޫޓުތަކުގެ ތެރެއިން އެންމެ ފަހުން ތައާރަފްކުރި ނޫޓެވެ. މި ސީރީޒްގައި ޖުމުލަ ހަތް ނޫޓު ހިމެނެ އެވެ. މި ހަތް ނޫޓަކީ ވެސް ކުރިން ބޭނުން ކުރަމުން ދިޔަ ކަރުދާސް ނޫޓުތަކުގެ ބަދަލުގައި ނެރެފައިވާ ފެންވަރު ރަނގަޅު ޕޮލިމާ ނޫޓުތަކެކެވެ.
އެ ނޫޓްތަކަކީ 10، 20، 50، 100، 500 އަދި 1،000ރ. ގެ ނޫޓެވެ.
މީގެ އިތުރުން ދާދި ފަހުން ވަނީ 2ރ.ގެ އާ ކޮއިނު ވެސް ބޭނުން ކުރަން ފަށައިފަ އެވެ.