ރާއްޖޭގެ 52 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުން އަންނަ އިރު ރާއްޖޭގެ މިނިވަންކަމާ އެކު އެކު ޚާރިޖީ ގުޅުން ހިންގުމުގެ ބާރު ސައުދި އަރަބހިއްޔާ އާއި ޗައިނާ އަށް ސަރުކާރުން ދޫކޮށްލައްވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހިން އަލުން މިނިވަންކަމުގެ ކާމިޔާބު ހޯދާނެ ކަމަށެވެ.
Minivan kamāeku khārijī gulhun hingumuge bāru libunutha 52aharu veeiru RY ebaaru Saudi-China ah dhōkolavaifi. Dhivehin alun kāmiyāb hoadhāne
— Mohamed Nasheed (@MohamedNasheed) July 26, 2017
ނަޝީދު މިފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައި ވަނީ ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކުގައި ޗައިނާ އާއި ސައުދީ އަތް ގަދަކޮށްފައިވާތީ އެވެ.
އެހެން ނަމަވެސް މިކަމުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ގުޅުމަށް ދަތިތަތަކާ ކުރިމަތިވެދާނެ ކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.