Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

ކަރަންޓް ހައްލު ކުރަން ހަތަރު ދުވަސް ނަގާނެ: ފެނަކަ

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން މިހާރު ކަނޑަމުން ގެންދަނީ މަރުކަޒީ އިންޖީނު ގޭގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅުގެން ކަމަށް ކަރަންޓް ކަނޑަމުންދާތާ ދެ ދުވަހެއް ދުވަސް ފަހުން ފެނަކަ އިން ގޭބިސީތަކަށް ނޯޓިސް ފޮނުވައިފި އެވެ.

ނޯޓިހަކާ ވެސް ނުލައި ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑަމުންދާތީ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް އިއްޔެ ތާރީހުގައި ފެނަކަ އިން ތައްޔާރުކޮށް މިއަދު ގޭބިސީތަކަށް ފޮނުވި ނޯޓިހުގައި ބުނީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރަން ތިން ހަތަރު ދުވަސް ހޭދަ ވާނެ ކަމަށެވެ.

އަދި ނޯޓިހުގައި ވަނީ ކަރަންޓް ކަނޑާ ގަޑިތަކާއި ސަރަހައްދުތައް ނޯޓިހުގައި ހިމަނައިފަ އެވެ.

ނޯޓިހަކާ ނުލައި ކުއްލިއަކަށް ކަރަންޓް ކެނޑުމުގެ ސަބަބުން ގޭގޭގައި ހުންނަ އިލެކްޓްރޯނިކް ގިނަ ސާމާނުތަކެއް ހަލާކުވާ ކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ.

އަދި އެ ގެއްލުމަށް ބަދަލު ލިބޭނެ ގޮތެއް ނެތި ފެނަކަ އިން އަމަލު ކުރަމުންދާ ގޮތުން އައްޑޫގެ ގިނަ ބަޔަކު ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

ދޭތެރެ ދޭތެރެ އިން ކަރަންޓް ކަނޑަން ޖެހޭ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނާނެ ކަމަށް ސަރުކާރުން 2013 އިން ފެށިގެން ބުނަމުން އައި ނަމަވެސް، މިއީ އައްޑޫގައި މިހާތަނަށް ހައްލު ނުވެ އޮތް ވަރަށް ބޮޑު މައްސަލައެކެވެ.

މިހާރު ދިމާވެގެން އުޅޭ މައްސަލައާ ހެދި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ބައެއް ސަރަހައްދުތަކުގެ މަގުބައްތި ވެސް ރޭގަނޑު ނުދިއްލޭތީ މަގުތައް އަނދިރިވެ، އާންމުންނަށް ދަތިވެފައިވެ އެވެ

ހިޔާލު ފާޅުކުރައްވާ 4ކޮމެންޓް

ali beyby

ކުރިން މީހުންނަށް ނިއެގުވެނީ ނިކަނޑައި ހަމަޖައްސާއް ވެގެން. ކަނޑަލަނީ ދެންނިކަޑައި ނިވެގެން. ކޮންމެ ދުވަހަކި ކަނޑާއް ޖެހޭކަމަށް ލަފާވީމެއި ދެން ވަގުތުން އެގުވީ ކަނޑާއްޖެހޭކަން .

ali beyby

ކޭބަލް ޓީވީން ނިކަޑައި ގޭގެން ކެނޑިމެއި ގޭގޭ މީހުންނަށާއި ކުދުކުދިންނަށް ދަތިވޭނެހެދީ ކޭބަލް ޓީވީން ކަނޑަނީ . ކޭބަލް ޓީވީން ކެނޑިމެއި ހަމަޖެއްސޭނެހެދީ ..

hussain

ތެވެންނަށް ކަރަންޓް ދޭން ފެނަކައި ކުދިން ކެރާ މަސައްކަތް ބަލާއް ގޮސް އިންޖީނުގެއް ވެދެ ބަލަފެލެއު.. ނިދައި ތަފިންނަށް ކަރަންޓްދޭއް އެވެރިން މަސައްކަތް ކެރަނީ ނޭވާ ނިލައި.. ޙަމްދުކޮށް އެކުދިންނަށް ޝުކުރުކޮށްފެލެއު

Alla Addu Hithadhoo badharun

ފެނަކައިވޭޑޭ އާދައިގެ މުއައްޒިފުންގެ މައްސަލާ އޯގެން ނުން ކަރަންޓާއި ވިދެނީ… ނާގާބިލް ސަރުކާރަކުން ނާގާބިލު މެނޭޖުމަންޓް އަށް އޮވެގެން ތެޅޭހެދީ ކަރަންޓް މައްސަލަ ހައްލުނިވެގެން ވޭޑެނީ … ފެނަކަ އައްޑޫއެ ކަމާއި އެކަށީގެންނިވޭ ސިޔާސީ ކިތައްވެރިން ތެވޭޑެނީ .. އެވެރިންގެއެއްއަހަރުގެ މުސާރައިން ނަސް އިންޖީނައް ގިނޭވަރވޭހެއް … ހަމާއް ވޯލްޓޭޖް ނިލިބުމުގެ ސަބަބުން ގޭގޭތިބި އަގަބޮޑައެއްތެތިހަލާކިވެ ، އެނެއްކެޑުން އަބަދަށް ލޯޑުނާގެން ހިށިމެއި މީޓަރާސް އެބެރެނީ ވަކިވަރަކަށްނުން … 500 ނުނިޓް އަރާގޭކަށް 1000 އަރަމުންއެނީ …. މީ މިގައުމަށް ދިމާވެފެއިވޭ ބޮޑަވެގެންވީ މުސީބާތައް.. މިތަންތަނި ތިބި ސިޔާސީމީހުން ސާބަސް ޔާމީނު ކިތަންމިވަރާކަށް ކިޔަސް އާންމު މީހުން ދުއާކެރަނީ މިނުން ދުވަހަށް ފެނޭތޯ … ހިތަދޫ ބަދަރި ހިންނެ ޓެކުސީޑްރައިވަރަ މޯޑާ އަށް ސަލާން .. ވަގުތުކުދުވެނީ ..