Last Updated: April 19, 17:13
Saturday, April 19, 2025
ޚަބަރު

ހުޅުމީދޫގެ އިތުރު ހަތަރު މަގެއްގައި ގާ އަތުރައިފި

ހުޅުމީދޫގެ މަގު ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި އެ ޕްރޮޖެކް ނިންމާލާފައި ވަނީ މި މަހުގެ 23 ގަ އެވެ.

ހުޅުމީދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހަތަރު މަގެއްގެ ޑިޒައިންކޮށް، ގާ އަތުރައިގެން ވަނީ ހަދައިފަ އެވެ.

އެ ހަތަރު މަގަކީ އަޅިވިލާ މަގާއި، ދޮން މަނިކު ހިނގުމާއި ޝަރިއުމީނާ މަގު އަދި ޝޭޚް އަބްދުލް ބާރީ ހިނގުމެވެ.

އެމްއާރުޑީސީން ހިންގި އެ ޕްރޮޖެކްޓްގައި 1.4 ކިލޯމީޓަރުގެ މަގު ހަދާފައިވާ އިރު، އެ މަސައްކަތަށް 12.5 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.

މީގެ ކުރިން ވެސް ހުޅުމީދޫގެ މައި ބައެއް މަގުތަކުގައި ގާ އަތުރައިގެން ހަދާފައިވެ އެވެ.