މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެލްސީއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަ މީހަކު ހައްޔަރު ކުރި އިރު އޭގެ ތެރޭގައި އައްޑޫގެ ދެ މީހަކު ވެސް ހިމެނިއްޖެ އެވެ.
އެ މީހުންގެ ވަނަވަރާއި ފޮޓޯ ވެސް ފުލުހުން ހާމަކޮށްފައިވާ އިރު ހައްޔަރު ކުރި އައްޑޫ ދެ މީހުންނަކީ ހިތަދޫ، ނާސިރައްދޫގެ މުނާޒް މުޙައްމަދު، 21، އާއި ހިތަދޫ، ލުހާއު އިބްރާހީމް ޢަރީން އަޙްމަދު، 20، އެވެ.
މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ހއ. މޮޅަދޫ، ބަހާރުގެ ސިރުފާން އިބްރާހިމް، 20، އާއި ވ. ބުލޫނިޔާއާގެ މޫސާ އިބްރާހިމް، 21، އާއި ނ. މިލަދޫ، ކާރނޭޝަންމާގެ، ޢަބޫބަކުރު ފާރިޢު، 20، ގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނީ މި މީހުންނަކީ ވެސް މާރާމާރީ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށާއި އެ ބމީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ވެސް ލިބިފައިވާ ކަމަށެވެ.
ނަވާރަ ވަނަ ދުވަހުގެ ރޭ ހިންގި މި މާރާމާރީގައި ވަނީ 18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފަ އެވެ.
އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވެ އެވެ.
ހިޔާލު ފާޅުކުރައްވާ 4ކޮމެންޓް
Polihun Dhaka vaahaka gaboolu kuran nuvaane muruthadhun
Police mv fail vajja….
Police mv fail vajja raiyathunge nuruhun inthihaaya abaoith
Kaley ekani muruthaddhu nuve huree. Meehun boluga muruthaddhu tag alhuvamun ulhey iru. Ava