މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޑަކުދިންނަށް ދިމާވާ އަސަރުތައް ދެނެގަތުމަށްޓަކައި ކުރާ ދިރާސާއަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އައްޑޫގައި ފަށައިފި އެވ.
އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ މި ސާވޭ ޓީމް ވަނީ އައްޑޫސިޓީ ކައުންސިލާ ވެސް ބައްދަލުކޮށްފަ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްޜީރީ އާއި ޔުނިސެފް ގުޅިގެން ކުރާ ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއް ކުރުމަށް އެ ޓީމްގެ ފަރާތުން އައްޑޫގައި ދެ ދުވަހުގެ މުއްދަތަށް ހަރަކާތްތެރިވާނެ އެވެ.
މި ޓީމްގެ ފަރާތުން ބޭނުންވި ބައެއް ސުވާލުތަކަށް ކައުންސިލްގެ ފަރާތުން ޖަވާބު ދެއްވީ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޔަސްރިފާއި މަރަދޫ ކައުންސިލަރު ފައިސަލް އިބްރާހީމެވެ.
މި ޓީމުން މައުލޫމާތު އެއްކުރުމުގެ ގޮތުން ހިތަދޫ އަވަށުގެ ގޭގެއަށް ގޮސް އާއްމުންނާ ވެސް ބައްދަލު ކުރާނެއެވެ. އަދި ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ޚާއްސަކޮށް ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ގޮސް އެތަންތަނުން ވެސް ބޭނުންވާ މައުލޫމާތު އެއްކުރާނެ އެވެ.