މިދިޔަ މަހުގެ 25 ވަނަ ދުވަހު ފޭދޫގައި ފެށި ނައިޓް މާކެޓް މާދަމާ ރޭ ނިންމައިލާ ގޮތަށް ހަމަޖައްސައިފި އެވެ.
ފޭދޫ ބޮޑުމަގުގައި ކުރިއަށްދާ މި ނައިޓް މާކެޓް ކުރިން ކުރިއަށް ގެންދާ ގޮތަށް އޮތީ ޖޫން މަހުގެ 25-31 ގެ ނިޔަލަށެވެ.
އެެހެން ނަމަވެސް މުއްދަތު އިތުރު ކުރީ ވިއްސާރަވުމާއި އަދި ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް ނައިޓް މާކެޓް އިންތިޒާމް ކުރި ޓީމުން ބުންޏެވެ.
އެ ޓީމުން ބުނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން 20 އަށް ވުރެ ގިނަ ފިހާރަތަކުން ނައިޓް މާކެޓްގައި ބައިވެރިވެފައިވާ ކަމަށެވެ. މި ނައިޓް މާކެޓްގައި ކުޑަކުދިން ކުޅޭ ސާމާނުން ފެށިގެން ގޮސް ބަދިގޭ ސާމާނު ވެސް ލިބެން ހުރިކަން ފާހަގަކޮށްލެވެ އެވެ.
ނައިޓް މާކެޓް ކުރިއށް ގެންދަނީ ރޭގަނޑު 8:00-11:00 ފޭދޫ "ސީމީ" ފިހާރަ އިން ފެށިގެން ގޮސް "އީޒީ އެކްސް" ފިހާރަ ހިމެނޭ ސަރަހައްދުގަ އެވެ.
ނައިޓް މާކެޓަށް ކޮންމެ ރެއަކު ވެސް ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރެ އެވެ.