Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ޗައިނާގެ "ލަކީ އެއާ" ގެ ދަތުރުތައް ރާއްޖެ އަށް

ޗައިނާގެ އެއާލައިނެއް ކަމަށްވާ ލަކީ އެއާގެ ދަތުރުތައް އަންނަ ޖެނުއަރީ މަހު ރާއްޖެ އަށް ފަށަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެ އެއާލައިންގެ ދަތުރުތައް ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓާއި ޗައިނާގެ ގުއަންޒޯއާ ދެމެދު ކަމަށެ. އަދި ހަފްތާއަކު ދެ ދަތުރު ރާއްޖެ އަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އާދިލް އަދި ވިދާޅުވީ ދެން އެންމެ އަވަހަށް ރާއްޖެ އަށް ދަތުރުތައް ފަށާނީ ތައި އެއައޭޝިއާއިން ކަމަށެވެ. އެ އެއާލައިންގެ ދަތުރުތައް މި މަހުގެ 11 ދުވަހު ފަށަން ހަމަޖެހިފައިވާ އިރު، ތައި އެއައޭޝިއާގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެ އާއި ބެންކޮކާ ދެމެދު އެވެ.

މީގެ އިތުރުން އަންނަ ނޮވެމްބަރު މަހު އެއާ ފްރާންސްއިން ޕެރިހާ ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އަދި އިޓަލީގެ އަލިޓާލިއާ އިން ރާއްޖެ އަށް ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު މަހު އެވެ.

އާދިލް މޫސާ ރާއްޖެ އަށް ބައިނަލްއަޤްވާމީ ގިނަ އެއާލައިންތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.