Last Updated: April 11, 10:33
Friday, April 11, 2025
ޚަބަރު

ފާރިސް އަށް މިއަދު ހުކުމްކޮށްފާނެ ކަމުގެ އަޑުތަކެއް!

ފާރިސް މައުމޫން: ފޮޓޯ: ވީމީޑިއާ

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް މިއަދު ހުކުމް ކުރުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ސޯޝަލް މީޑިޔާގައި ފެތުރެމުން އެބަދެއެވެ.

ސޯޝަލް މީޑިޔާގައި ފާރިސްގެ މައްޗަށް ހުކުމް ކުރަން އުޅޭ ކަމަށް ބުނެ ވާހަކަ ދައްކާ ފަރާތްތަކުން ބުނާ ގޮތުގައި "އީދުގެ ކުރިން ފާރިސް އަށް ހުކުމް ކުރާނެ" ކަމަށްވެސް ގެންދަނީ ބުނަމުންނެވެ.

މިފަދަ އަޑުތަކެއް ފެތުރެމުން ދާއިރު ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިން ކަމުގެ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު 12:30 އަށް ވަނީ ތާވަލްކޮށްފައެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާގެ އިތުރުން ޝަހުސް އޮޅިވާލި ކަމަށް ބުނެ މިހާރު ވެސް ދަނީ ދައުވާ ކުރަމުންނެވެ.