އަޟްހާ އީދުގެ ބޮޑު ޖަމާއަތް މަރަދޫގައި ބާއްވަން އެ އަވަށު ހިޔައު ޖަމިއްޔާ އިން ނިންމައިފި އެވެ.
އެ ޖަމިއްޔާ އިން ބުނީ ބޮޑު ޖަމާއަތް އޮންނާނީ އެ އަވަށު ކުޑަކުދިންގެ ޕާކްގައި ކަމަށެވެ. އީދު ނަމާދަށް ފަހު، ހިޔައު ޖަމިއްޔާ އާއި އިސް ނަގައިގެން މަރަދޫ ރައްޔިތުންގެ ނަމުގައި ބާއްވާ އީދު ސައި ވެސް ނަމާދަށް ފަހު އޮންނާނެ އެވެ.
އީދު ނަމާދަށް ހާޒިރު ވާން ޖެހެނީ ހުކުރު ދުވަހު ހެނދުނު 7:30 އަށެވެ.
އެހެންވެ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުންނަށް ވަނީ އެކަމުގައި ބައިވެރިވާން ދައުވަތު ދީފަ އެވެ.
ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ހިޔައު ޖަމިއްޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މުޅި އައްޑު އަށް ހުޅުވާލައިގެން މަސް ރޭހަކާއި ވާ ދެމުމުގެ މުބާރާތެއް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.