Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި އަންނަ އަހަރު 29 ކޯހެއް، 710 ޖާގަ

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ(އެމްއެންޔޫ) ހިތަދޫ ކެމްޕަހުގައި އަންނަ އަހަރު 29 ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ކެމްޕަހުން ހާމަކޮށްފިއެވެ.

އެމްއެންޔޫ ހިތަދޫ ކެމްޕަހުން މައުލޫމާތު ދެއްވާ ގޮތުގައި 2018 ވަނަ އަހަރު، އެ ކެމްޕަހުގައި ހިންގާ 29 ކޯހަކުން ޖުމްލަ 710 ޖާގަ އޮންނާނެ ކަމަށެވެ.

ހިތަދޫ ކެމްޕަހުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ސެޓިފިކެޓް ފެންވަރުގެ ކޯސްތަކާއި، ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނެއެވެ.

އެމްއެންޔޫއިން އިތުރަށް ބުނީ ޝަރުތު ހަމަވާ ކުދިން ކޯސްތަކަށް ހޮވާނީ ޔުނިވަސިޓީއަށް އެޕްލިކޭޝަން ފޯމް ފޮނުވާ ކުދިންގެ ތަރުތީބުން ޝަރުތު ހަމަވާ ކުދިން ކަމަށެވެ. އަދި ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު އެމްއެންޔޫގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެމުންދާނެ ކަމަށްވެސް އެމްއެންޔޫއިން ވަނީ ބުނެފަ އެވެ.

އެމްއެންޔޫ އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ އެ ޔުނިވާސިޓީގެ ކެމްޕަސްތަކުގައި 2018 ވަނަ އަހަރު ޖުމްލަ 122 ކޯސް ހިންގާއިރު 5315 ކުދިންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޔޫ އިން 2018 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް