އަންނަ ނޮވެމްބަރު މަހުގެ 17 ގައި ރިލީޒް ކުރަން ތާވަލްކޮށްފައިވާ ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ލޯބީގެ ފިލްމް "ޕަދްމާތީ" އަންނަ އަހަރަށް ފަސްކޮށްކޮފައިވާ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ފިލްމް މިހާރު ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު ވަކި ތާރީހެއް ނުބުނެވެ.
މިކަމާ ބެހޭ ގޮތުން "ޕަދްމާވަތީ" ގެ ޓީމުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެން ނަމަވެސް އެ ފިލްމް ކުރިން ރިލީޒް ކުރަން ނިންމި ތާރީހުގައި ފިލްމް ސިނަމާ އަށް އައުމާ ދޭތެރޭ އަދިވެސް ބޮޑެތި ސުވާލުތަކެއް އެބަ ހުއްޓެވެ.
Delighted to announce that @Viacom18Movies and #SanjayLeelaBhansali are joining hands to release the magnum opus @RealPadmavati in 2017!
— Sudhanshu Vats (@Sudhanshu_Vats) October 10, 2016
"ޕަދްމަވާތީ" ގެ ޝޫޓިން ވަނީ ކުރިން ރޭވި ވަރަށް ވުރެ މާ ބޮޑަަށް ލަސްވެގެން ގޮސްފަ އެވެ. އެއީ އެކި ފަހަރު މަތިން ފިލްމުގެ ބައެއް ކަންކަމާ ދޭތެރޭ ބައެއް ގްރޫޕްތަކުން ހިތްހަމަނުޖެހިގެން ފިލްމްގެ ސެޓްތަކަށް ވެސް ގެއްލުން ދީފައިވާތީ އެވެ.
އެގޮތުން "ޕަދްމަތީ" ގެ ސެޓްތަކަށް ދެ ފަހަރެއްގެ މަތިން ބޮޑެތި ގެއްލުން ދީފައިވާ އިރު، އެއް ސެޓްގައި ރޯކޮށްލައި ގިނަ އަދަދެއްގެ ކޮސްޓިއުމާއި ގަހަނާ ވަނީ އަންދާލައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޕަދްމާވަތީ" ގެ ޝޫޓިން އެއްކޮށް ނިމޭނެ ކަމަށް ބެލެވެނީ އަންނަ މަހު އެވެ.
މި ފިލްމްގައި ލީޑް ރޯލް ކުޅެނީ ދީޕިކާ ޕަދްކޯނާއި ޝާހިދު ކަޕޫރްގެ އިތުރުން ރަންވީރް ސިންގް އެވެ.
މިއީ 2015 ވަނަ އަހަރު ރިލީޒް ކުރި "ބަޖިރާއޯ މަސްތާނީ" އަށް ފަހު، ބަންސާލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ.