އައްޑޫގައި ކަނޑުއުޅަނދު ދުއްވާ މީހުންނަށް އަމާޒުކޮށްގެން އައްޑޫ ސިޓީ ކައުންސިލުން ހިންގާ "ނިޔަމި ކޯސް 2" ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
މިކަމަށް އެދޭ އެޕްލިކޭޝަން ފޯމް އަވަށު އޮފީސްތަކުންނާއި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން، ރަސްމީ ގަނޑީގައި ލިބެން ހުންނާނެ އެވެ. އަދި މި އިދާރާގެ ވެބްސައިޓް www.adducity.gov.mv އިން ވެސް މި ފޯމް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެ ވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ރޭވިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހިތަދޫގައި އަންނަ މަހުގެ ތިން ވަނަ ހަފުތާގަ އެވެ.
މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ނިޔަމި ކޯސް ފުރިހަމަ ކުރިކަމުގެ ސަނަދު ދޭނެ އެވެ.