Last Updated: November 26, 11:19
Tuesday, November 26, 2024
ޚަބަރު

އެންމެ މުއްސަނދި އަންހެނާ މަރުވެއްޖެ

ފޮޓޯ؛ އޭއެފްޕީ

މަޝްހޫރު ކޮސްމެޓިކްސް ފާމް "ލޯރިއަލް" ގެ ވާރުތަވެރިޔާ ކަމަށްވާ ލިލިއޭން ބެޓެންކޯޓް އުމުރުން 94 އަހަރުގައި މަރުވެއްޖެ އޭނާގެ އާއިލާއިން ކަށަވަރުކޮށްފި އެވެ.

އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލިލިއޭން މަރުވީ އޭނާގެ ގޭގައި ކަމަށެވެ.

2017 އަހަރަށް ބަލާއިރު ލިލިއޭންގެ ގެ ނެޓްވާތަކީ ޖުމްލަ 40 ބިލިއަން އެމެރިކާ ޑޮލަރެވެ. އެއާއިއެކު އޭނާ އަކީ މަރުވި އިރު ދުނިޔޭގެ އެންމެ މުއްސަނދި އަންހެން މީހާއެވެ.

2012 ވަނަ އަހަރު ލިލިއޭން ވަނީ ކުންފުނީގެ ބޯޑުން އިސްތިއުފާ ދީފައެވެ. އެހެންނަމަވެސް އޭނާގެ ބަލި ކަމަށްވާ ޑިމެންޝިއާގެ ނާޖާއިޒް ފައިދާ ނަގަން އުޅުނުކަން އަށް މީހެއްގެ މައްޗަށް ސާބިތުވުމާއި ގުޅިގެން ލިލިއޭން ގެ ނަން މީޑިއާ ރިޕޯޓްތަކުން އާންމުކޮށް ފެނެއެވެ.

ލޯރިއަލް ގެ ޗެއާމަން އަދި ސީއީއޯ ވިދާޅުވި ގޮތުގައި ލިލިއޭން ވަނީ ފާއިތުވި އަހަރުތަކުގައި އެ ކުންފުނީގެ ކާމިޔާބީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ.

ލޯރިއަލް އަކީ ލިލިއޭންގެ ބައްޕަ 1909 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.