Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ފުވައްމުލަކު ސިޓީ ކައުންސިލުން އައްޑު އަށް

ފުވައްމުލަކު ސިޓީ ކައުންސިލުގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި އައްޑޫ ސިޓީ ކައުންސިލަށް ޒިޔާރަތްކޮށްފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ މިޓީމުގައި ހިމަނިވަޑައިގަންނަވަނީ އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝިރާރާއި ޒިންމާދާރު ވެރިޔާ މުޙައްމަދު އަނީސް ޙުސައިން އާއި އެސިސްޓެންޓް ޑިރެކްޓަރުން ކަމަށްވާ ޢަބްދުލް އަޒީޒު ޙުސައިން އާއި މުޙައްމަދު އަލި ދީދީ ގެ އިތުރުން އިދާރީ ފަސް މުވައްޒަފެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ މި ދަތުރަކީ އައްޑޫ ސިޓީ ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގާ ގޮތް ބެލުމަށާއި ކައުންސިލުން ހިންގާ ހަރަކާތްތައް ބަލާލުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ.

މި ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލުގެ އޮނިގަނޑު އެކުލެވިފައިވާ ގޮތާއި އިދާރީ މަސައްކަތް ރޭވި ހިނގަމުންދާ ގޮތުގެ މަޢުލޫމާތު އައްޑޫސިޓީ ކައުންސިލުން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލުގެ ބޭފުޅުންނާ ހިއްސާކޮށްފަ އެވެ. އަދި އެ އިދާރާގެ އެކި ސެކްޝަންތަކަށް ޒިޔާރަތްކޮށް މަސައްކަތް ހިނގަމުންދާ ގޮތް ފުވައްމުލަކު ސިޓީ ކައުންސިލުގެ ޓީމުން ވަނީ ބައްލަވައިފަ އެވެ.