Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

16 މީހެއްގެ ފައިގައި ޓެގް އަޅުވަނީ

މާލެ ތެރޭގައި މާރާމާރީ ހިންގުން އިތުރުވުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން 16 މީހެއްގެ ފައިގައި ޓެގް އެޅުވުމަށް ކޯޓު އަމުރެއް ނެރެދޭން އެދުމަށް ހޯމް މިނިސްޓްރީގައި ފުލުހުން އެދިއްޖެ އެވެ.

މިކަން ފުލުހުން ވަނީ މިއަދު ރަސްމީކޮށް ހާމަކޮށްފަ އެވެ.

ފުލުހުންގެ ތަރުޖަމާނު ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މާދަމާ އިން ފެށިގެން ޓެގް އެޅުވުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިކަމަކީ މާލޭގައި ހިނގާ މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ކުރިއަށް ގެންދާ ހަރާކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެންމެ ފަހުން މޮނިކޮން އަމުރުގެ ދަށުން ބައެއްގެ ފައިގަ ޓެގް އަޅުވާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ހޯމް މިނިސްޓަރުކަމުގައި އުމަރު ނަސީރު ހުންނަވަނިކޮށެވެ. މޮނިކޮން އަމުރާ ޚިލާފުވެގެން ބައެއްގެ މައްޗަށް ދައުވާކޮށް ޖަލަށް ވެސް ލާފައި ވެ އެވެ.