ހުޅުމާލޭން މި ފަހަރު ފްލެޓް ލިބުނު ގިނަ މީހުންނަކީ އެމްޑީޕީ މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ "ރުމާލު2 " ޖަގަހައިގައި ބޭއްވި "އަޅޭ" ޖަލްސާގައި އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުލެޓް ދީފައިވާ މީހުންނަކީ ޝަރުތު ހަމަވާ، އެންމެ މަތިން ޕޮއިންޓް ލިބުނު މީހުން ކަމަށެވެ.
"އެމްޑީޕީ މީހުންނަށް ކެރެންޏާ ބުނެދީބަލަ މި ފަހަރު ފުލެޓް ލިބިފައި ތިބި މީހުން އަތުން ފުލެޓް އަތުލާށޭ،" ފަލާހް ވިދާޅުވި އެވެ. "ނުކެރޭނެ ބުނާކަށް."
ފްލެޓް ލިބުނު ގިނަ މީހުންނަކީ އެމްޑީޕީ އަށް ނިސްނބަތްވާ މީހުން ކަމަށް ފަލާހް ވިދާޅުވި ނަމަވެސް ށްފްލެޓް ދިން މީހުންގެ ނަންތައް ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ.
"ޕީޕީއެމްގެ ކޮންމެ މެމްބަރަކު ހޯދަން ވީ ކޮންމެ ރަށަކުން ދެ މެމްބަރުން. އިހްލާސްތެރި ދެ މެމްބަރުން ދަމައި ގަންނަންވީ އެމްޑީޕީން. މިހާރު ދައްކާ ގޮތުގައި އެމްޑީޕީގައި ތިބޭނީ 18،000 މެމްބަރުން،" ފަލާހް ވިދާޅުވި އެވެ.