މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ "ގެސްޓްހައުސް އެޑިޝަނަ" އަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް އޮންލައިންކޮށް ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ގެސްޓްހައުސް އެޑިޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު މާފުށީގަ އެވެ.
އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ޤިޔާސް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގެސްޓްހައުސް ޓްރެވަލް އެވޯޑް ބޭއްވުމަށް މާފުށި ހިޔާރު ކުރީ އެ ރަށަކީ މި އެންމެ ކާމިޔާބުކަމާ އެކު ރާއްޖޭގައި ގިނަ އަދަދެއްގެ ގެސްޓް ހައުސް ހިންގާ ނަމޫނާ ރަށަކަށްވާތީ ކަމަށެވެ.
މަޓޯޯޓާ އިން ބުނީ ގެސްޓްހައުސް އެވޯޑަށް މި ފަހަރު މާކްސް ދިނުމުގެ އުސޫލު ތަފާތުވާނެ ކަމަށެވެ. އެގޮތުން މި ފަހަރުގެ އެވޯޑަށް މާކްސް ދިނުމުގައި ޓްރިޕް އެޑްވައިޒާގެ 40 ޕަސަންޓް ހިމަނަން ވަނީ ނިންމައިފަ އެވެ.
މަޓާޓޯގެ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ގެސްޓްހައުސް އެޑިޝަނުގައި 15 ކެޓަގަރީ ހިމެނެ އެވެ. މި ކެޓަގަރީތަކަށް 90 އަށް ވުރެ ގިނަ ގެސްޓްހައުސް ނޮމިނޭޓްވެފައިވެ އެވެ.