Last Updated: November 27, 13:36
Wednesday, November 27, 2024
ރިޕޯޓް

ފެހި މިރުހުން ލިބޭ ފައިދާތައް ވަރަށް ގިނަ

1. ސައިނަސް ރަނގަޅުވުން

ފެހި މިރުހުގައި ހިމެނޭ މާއްދާއެއް ކަމަށްވާ ކެޕްސައިސިން އަކީ ނޭފަތަށް ލޭ ދައުރުކުރާ މިންވަރު އިތުރުކޮށްދީ، ރޯނގާ އާއި ސައިނަސްގެ ސަބަބުން ޖެހޭ މައްސަލަތަކުން ދުރުހެލިކޮށްދޭ އެއްޗެކެވެ.

2. ތަދު ފިލުވުން

ފެހި މިރުހަކީ ތަދު އިހުސާސްވާ މިންވަރު ކުޑަކޮށްދޭ އެއްޗެކެވެ. އެގޮތުން ފެހި މިރުސް ކެއުމުން ހަށިގަނޑު ތެރޭގައި ހޫނުކަން ފެތުރި، ވޭނާއި ތަދުގެ އިހުސާސް ކުޑަވެގެން ދެއެވެ.

3. ވިޓަމިން ސީ

ފެހި މިރުހުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެން ވެއެވެ. އެހެންކަމުން ފެހި މިރުސް ރައްކާކުރަން ޖެހެނީ ފިނި ތަނެއްގައެވެ. އެއީ މާބޮޑަށް ހޫނުވެއްޖެނަމަ، މިރުހުގައި ހުންނަ ނިއުޓްރިއެންޓްތައް ގެއްލިގެންދާނެތީ އެވެ.

4. މޫޑް ރަނގަޅުވުން

ފެހި މިރުސް ކެއުމުން އެންޑޯފިން މާއްދާތައް ހަށިގަނޑުގެ ތެރެއަށް ފެތުރިގެން ދެއެވެ. އޭގެ ސަބަބުން މޫޑް ރަނގަޅުކޮށްދޭ އެންޒައިމްތައް އެކްޓިވޭޓް ވެއެވެ.

5. ހަކުރުބައްޔަށް ރަނގަޅު

ހަކުރު ބަލި ހުންނަ މީހުންނަށް ފެހި މިރުހަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އެއީ ފެހި މިރުހުގައި ހުންނަ މާއްދާތަކުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ވާތީއެވެ.

6. އަޔަން

ފެހި މިރުހަކީ ޤުދުރަތީ ގޮތުން އަޔަން ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ހަށިގަނޑުގައި އަޔަން މަދުން ހުންނަ މީހުންނަށް ފެހި މިރުސް ކެއުމަކީ އެދެވިގެންވާ ކަމެކެވެ. މީގެ އިތުރުން ފެހި މިރުސް ކެއުމަކީ ލޮލުގެ ފެނުމަށް ވެސް ރަނގަޅު ކަމެކެވެ.

7. ހަންގަނޑަށް ރަނގަޅު

ފެހި މިރުހުގައި ގިނަ އަދަދަކަށް އެންޓިބެކްޓީރިއަލް މާއްދާތައް އެކުލެވިގެން ވެއެވެ. އޭގެ ސަބަބުން ހަންގަނޑަށް ޖެހޭ އިންފެކްޝަންތަކަށް ފަރުވާ ލިބިގެން ދެއެވެ.

8. ލޭމަނާކުރުން

އަނިޔާއެއް ލިބުމުން ނުވަތަ ގައިގެ ތަނެއް ހަލާކުވުން މާބޮޑަށް ލޭ އަންނަ މީހުންނަށް ފެހި މިރުހަކީ ރަނގަޅު އެއްޗެކެވެ. އެއީ ފެހި މިރުހުގައި ހުންނަ ވިޓަމިން ކޭ ގެ ސަބަބުން އަވަހަށް ލޭމަނާވާތީ އެވެ.

9. ހިތާއި ލޭހޮޅިތަކަށް ރަނގަޅު

ފެހި މިރުހުގައި ބީޓާ-ކެރޮޓިން ނަމަކަށް ކިޔާ އެންޓިއޮކްސިޑެންޓެއް އެކުލެވިގެން ވެއެވެ. އެއީ އިންސާނާގެ ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ވަރަށް ފައިދާހުރި މާއްދާއެކެވެ.