Last Updated: April 18, 20:01
Friday, April 18, 2025
ކުޅިވަރު

ހުޅުދޫ ދަނޑުގައި ލައިޓް ޖަހާނެ ބަޔަކު ހޯދަނީ

ހުޅުދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް، ކަރަންޓް ގުޅައި ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 17 ވަނަ ދުވަހު ހެނދުނު 10:00 ގައި ހުޅުދޫ އަވަށު އޮފީހާއި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން އައްޑޫގެ ބައެއް އަވަށްތަކުގެ ދަނޑުތަކުގައި ކައުންސިލުން މިހާރު ވަނީ ލައިޓް ހަރުކޮށްފަ އެވެ.