Last Updated: November 27, 13:29
Wednesday, November 27, 2024
ރިޕޯޓް

އުރަމަތީގެ ކެންސަރުން ރައްކާވާން ކާންވީ ކޯޗެއް؟

1. ވޮލްނަޓްސް

ވޮލްނަޓަކީ އިންފްލެމޭޝަން އާއި އުރަމަތީ ކެންސަރުގެ ޓިއުމަރުތައް ހެދިބޮޑުވުމާއި ދެކޮޅަށް ހަނގުރާމަކުރާ ގިނަ ނިއުޓްރިއެންޓްތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ހެނދުނުގެ ނާސްތާގައި ވޮލްނެޓް ބޭނުންކުރުމަކީ އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

2. ރީނދޫ

ރީނދޫގައި ކާކިއުމިން ނަމަކަށް ކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. އެއީ އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ މާއްދާއެކެވެ. މީގެ އިތުރުން އެއީ އުރަމަތީ ކެންސަރު ފެތުރުން ލަސްކޮށްދޭ މާއްދާއެކެވެ.

3. ޓޮމާޓޯ

ޓޯމާޓޯ ގައި ލައިކޮޕީން ފަދަ ކެންސަރު ސެލްތައް ހެދިބޮޑުވުމުން ހުއްޓުވައިދޭ އެތައް އެންޓިއޮކްސިޑެންޓެއް އެކުލެވިގެން ވެއެވެ. އެހެންކަމުން ދުވާލަކު އެއްފަހަރު ޓޯމާޓޯ ޖޫސް ތަށްޓެއް ބުއިމަކީ އެދެވިގެންވާ ކަމެކެވެ.

4. ސްޕިނެޗް

ދިރާސާތަކުން ދައްކާ ގޮތުގައި ސްޕިނެޗް ކާ އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު 40% ކުޑަވެގެންދެއެވެ. ސްޕިނެޗްގައި ގިނަ އަދަދަކަށް ފޯލިކް އެސިޑް އާއި އެންޓިއޮކްސިޑެންޓްތައް ހިމެނެއެވެ. އެ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ބޭރުކޮށް، ކެންސަރަށް މަގުފަހިކޮށްދޭ ހޯމޯންތަކާއި ދެކޮޅަށް ހަނގުރާމަކުރެއެވެ.

5. ސޭމެން

ސޭމެން އަކީ ވިޓަމިން ބީ6، ވިޓަމިން ޑީ އަދި އޮމެގާ-3 ފެޓީ އެސިޑްސް ފަދަ ހަށިގަނޑަށް ފައިދާހުރި ނިއުޓްރިއެންޓްތައް އެކުލެވިގެންވާ އެއްޗެކެވެ. އެ މާއްދާތަކުގެ ސަބަބުން އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. އޮމެގާ-3 ފެޓީ އެސިޑްސްގެ ސަބަބުން ކެންސަރު ޓިއުމާތައް އުފެދި ބޮޑުވުން ލަސްކޮށްދީ، ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަވެގެން ދެއެވެ.

6. ބްރޮކޮލީ

ބްރޮކޮލީގައި އެކުލެވިގެންވާ ސަލްފޮރަފޭން އަކީ ކެންސަރާއި ހަނގުރާމަކޮށްދޭ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން ސަލްފޮރަފޭން އަކީ އެންޒައިމްތައް މަސައްކަތް ކުރާ މިންވަރު އަވަސްކޮށްދީ، ކެންސަރަށް މަގުފަހިކޮށްދޭ ހުރިހާ މާއްދާއެއް ހަށިގަނޑުން ބޭރުކޮށްދޭ މާއްދާއެކެވެ. ބްރޮކޮލީ އަކީ އީސްޓްރޮޖެން ޑީއެކްޓިވޭޓް ކޮށްދޭ އިންޑޯލްތައް ހިމެނިގެންވާ އެއްޗެކެވެ. އޭގެ ސަބަބުން އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ.

7. ބެރީ

ބްލޫބެރީ، ސްޓްރޯބެރީ އަދި ކްރޭންބެރީފަދަ ބެރީތަކަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން އެންޓި-ކެންސަރު މާއްދާތައް ހިމެނޭ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން ކެންސަރު ސެލްތައް ހެދިބޮޑުވުން ލަސްކޮށްދޭ މާއްދާއެއް ކަމަށްވާ ފައިޓޮކެމިކަލްސް ވެސް ބެރީގައި ހިމެނެއެވެ.